ޖަޕާނުގެ ޓޯކޯ އަކީ އަބަދުވެސް ޖަނަވާރަކަށް ވާ ހިތްވާ މީހެކެވެ. ކުޑައިރުއްސުރެ އޭނާގެ އުންމީދަކީ ޖަނަވާރަކަށް ބަދަލުވުމެވެ.
އޭނާގެ މި ޒަމާންވީ އުންމީދާއި ހުވަފެން ސީދާ ކޮށްދިނީ ޒެޕޭޓ ނަމަކަށްކިޔާ ކުންފުންޏެކެވެ.
ޒެޕޭ ކުންފުނިން ޓޯކޯ އެދުނު ފަދަ ކަސްޓަމް މޭޑް ކޮލީ ކޮސްޓިއުމަށް 14،000 ޑޮލަރަށް ވުރެ ގިނަ ޑޮލަރު (12 ލައްކަޑޮލަރު) ހަރަދުކުރަން ޖެހުނެވެ. އެހެންނަމަވެސް ޓޯކޯ އެނާގެ ޒަމާންވީ ހުވަފެން ސީދާކުރުމުގައި އެއްވެސް ކަމެއްގައި ފަހަތަށް ޖެހޭކަށް ބޭނުމެއްނުވިއެވެ.
ސާޅީސް ދުވަހަށްފަހު ޓޯކޯ ވަނީ ބަދަލުކޮށްލި އާ ސިފައާއެކު އޭނާގެ އުފާވެރިކަން ހިއްސާކޮށްފައެވެ.
ބެސްޕޯކް ކޮލީ ކޮސްޓިއުމްގައި ހެދުން އަޅާ ޖަޕާނުގެ ޓޯކޯ ބުނީ އޮންލައިން ޓްރޯލްތަކުން ޖަނަވާރަކަށް ވުމުގެ ޝައުގުވެރިކަމަށް މަލާމާތް ކުރަމުންދާ ކަމަށެވެ.
ޓޯކޯގެ ނަމުން މަޝްހޫރު މި ޖަޕާނު މީހާ ވަނީ 'ޖަނަވާރަކަށް ވުމުގެ' އުމުރު ދުވަހުގެ ފެންޓަސީ ފުރިހަމަ ކުރުމަށްޓަކައި ދިރިހުރި ސޫރައެއްފަދަ ހެދުމަކަށް ދެ މިލިއަން ޔެން - އެއީ 12،480 ޕައުންޑާ އެއްވަރަށް ހޭދަކޮށްފަ އެވެ.
ގާތްގަނޑަކަށް ދެމިލިއަނަށްވުރެ ގިނަ ޔޫޓިއުބް ސަބްސްކްރައިބަރުންނަށް އެންމެ ފަހުން ޓޯކޯ ގެނެސްދިން ވީޑިޔޯތަކުގައި ޓޯކޯ އޭނާގެ ކުއްތާ ސިފައިގައި ހަތަރުމޮއްގަނޑު މަތީ ގޭގެ ބޭރު ގޯތިތެރޭގައި އުޅޭތަނާއި ކުޅެން މަސައްކަތް ކުރާތަން ފެނެއެވެ.
ޓޯކޯގެ ޔޫޓިއުބް ޗެނަލް 'އައި ވޯންޓް ޓު ބީ އެން އެނިމަލް' އަށް އާންމުކުރި ވީޑިޔޯއެއްގައި ފެންނަނީ ޓޯކޯ ލީޝްގައި ހިނގާލަން ނެރޭ މަންޒަރާއި ޕާކެއްތެރޭގައި އެހެން ކުއްތާތަކާއެކު އުޅޭ މަންޒަރެވެ.
ޓޯކޯ މިހާރު ބުނެފައިވަނީ އޭނާއަށް އޮންލައިންކޮށް ބިރުދައްކާ ކަމަށް ބުނެފައެވެ..
ޓޯކޯ މިސިފައަށް ބަދަލުވީ ފަހުން އޭނާގެ އަސްލު މޫނުގެ ސިފަ ނުފެންނާތީ މީހުން ފާޑުކިޔާމީހުންނެކޭ އެއްފަދައިން އޭނާއަށް ސާބަސްދޭމީހުންވެސް ވަކި މަދެއްއް ނޫނެވެ.