އެމްއެންޕީގެ އިސްދޫ ދާއިރާގެ ކުރީގެ ރައީސް ހައްވާ އިނާ ޕީޕީއެމްއާ ގުޅިވަޑައިގެންފިއެވެ.

އިނާ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްއެންޕީން ވަކިވެވަޑައިގަތުމުން ޕާޓީއާ ގުޅިވަޑައިގަތުމަށް އެންމެ ފުރަތަމަ އަދި އެންމެ ގިނަ މީހުން ދައުވަތު ދިނީ ޕީޕީއެމްއިން ކަމަށެވެ.

މީގެ އިތުރުން އިނާ ގަބޫލު ކުރައްވާ ގޮތުގައި ޕީޕީއެމްއަކީ ޒުވާނުންނާއި އަންހެންނުން ބަލައިގަންނަ ޕާޓީއެކެެވެ. އަދި އެ ޕާޓީގެ ސިޔާސަތުތަކަށްވުރެ ވަކި ރަނގަޅު ސިޔާސަތުތަކެއް ހުރި ޕާޓީއެއް ވެސް ނެތްކަމަށް އިނާ ވިދާޅުވިއެވެ.

އިނާ އެމްއެންޕީން ވަކިވެވަޑައިގެންނެވީ ޖުލައި 17 ގައެވެ. އަދި އިނާއަކީ އެމްއެންޕީގެ ހަރަކާތްތަކުގެ އެންމެ ކުރީ ސަފުން ފެނިގެންދިޔަ ބޭފުޅެކެވެ