37 ކުންފުންޏާއެކު މޯލްޑިވްސް ލިވިން އެކްސްޕޯ ހުޅުމާލެ ސެންޓްރަލް ޕާކްގައި ފަށައިގެން ކުރިއަށް އެބަދެއެވެ.

މިއިީ ގޯތިގެދޮރު ގަތުމުގެ ހިދުމަތްތައް ހިމެނޭހެން، ހައިރައިޒް އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އެކްސްޕޯއެކެވެ. މިދިޔަ ބުރާސްފަތި ދުވަހުގަިއ ފެށި މިތަން ހުޅުއްވައިދެއްވާފަ ވަނީ އާބަންކޯގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އާތިފެވެ.

ތިން ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދަން ނިންމާފައިވާ އެކްސްޕޯގެ އެންމެ ފަހު ދުވަހަކީ މިއަދުއެވެ.އަދި އެކްސްޕޯ ހުޅުވާފައި ހުންނާނީ، މެންދުރުފަހު ތިނަކުން ފަހަކަށް އަދި ރޭގަނޑު އަށަކުން 11 އަށެވެ.

ލިވިން އެކްސްޕޯގެ ތެރެއިން

މި އެކްސްޕޯގައި މުޅި ޖުމްލަ 37 ކުންފުންޏަކުން ބައިވެރިވެފައިވެއެވެ.

އޭގެ ތެރެއިން ރިއަލް އެސްޓޭޓް ކުންފުނިތަކާއި، ބޭންކުތަކާއި އިންޝުއަރެންސް ކުންފުނިތަކުގެ އިތުރުން ގެދޮރު އިމާރާތްކުރުމާއި، ވިއްކުމުގެ ވިޔަފާރީގައި އެކި ގޮތްގޮތުން ހަރަކާތްތެރިވާ ވިޔަފާރިތައް ހިމެނެއެވެ.

މި އެކްސްޕޯގެ ހަރަކާތްތަކުގެ ތެރެއިންވަނީ އާބަންކޯގެ މުހިންމު ދެ ޚިދުމަތެއް ތައާރަފުކޮށްފައެވެ. އެއީ ސްމާޓްކޮމް: ސްމާޓް ސެންސާސް، ސްމާޓް ޕާކިން އެވެ. ހަމައެއާއެކު އިއްޔެގައިވަނީ ހުޅުމާލޭގެ ލިވެބިލިޓީ އިންޑެކްސް ވެސް އިއުލާންކޮށްފައެވެ.