އަންނަ ރިޔާސީ އިންތިހާބު ކާމިޔާބުވި ކަމުގައި ވިޔަސް މި ސަރުކާރުން ފަށާފައި ހުރި ތަރައްގީގެ އެއްވެސް މަޝްރޫއުއެއް ހުއްޓައިނުލާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ހަނިމާދުއަށް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ވަޑައިގެން އެރަށުގެ ޕީޕީއެމް ސަޕޯޓަރުންނާއެކު، ބޭއްވެވި ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ޕީޕީއެމް-ޕީއެންސީއަކީ ތަރައްގީގެ ފިކުރާ ގުޅިފައިވާ ޕާޓީއެއް ކަމަށެވެ. އަދި މިހާރު ހިނގަމުންދާ އެއްވެސް މަސައްކަތެއް ހުއްޓާލުމަކީ ތަރައްގީގެ ފިކުރުގައި ކުރާނެ ކަންކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމަށް މިހާރު ކުރަމުން ގެންދާ މަސައްކަތަކީ ރަނގަޅަށް ކުރިއަށް ގެންދެވިއްޖެނަމަ ރަށަށް ވަރަށް ފައިދާ ވާނެ މަޝްރޫއެއް ކަމަށެވެ.
އަދި އެ ރަށުން ލިބެން ހުންނަ ތަކެތި މިރަށުން ހޯދައިގެން އެމަސައްކަތް ކުރިއަށް ގެންގޮސް އަދި ވަޒީފާ ދެވޭ ފަރާތްތަކަކީ ވަކި އިންސައްތައެއް ނަމަވެސް މިރަށުގެ މީހުންނަށް ހެދިއްޖެނަމަ އެރަށަށް ފައިދާ ވާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.