އިންގްލެންޑުގެ ކެޕްޓަން ހެރީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުން ޖަރުމަނުގެ ބަޔާން މިއުނިކަށް ސޮއިކުރައްވައިފިއެވެ.
މިކަމާ ގުޅިގެން ބީބީސީ ސްޕޯޓްސްގައި ނެރިފައިވާ އިއުލާނެއްގައިވަނީ ކޭން އެ ކުލަބަށް ސޮއިކޮށްފައިވަނީ ފުރަތަމަ 100 މިލިއަން ޔޫރޯ (86.4 މިލިއަން ޕައުންޑް) ޕްލަސް އެޑްއޮންސްއަށްކަމަށެވެ.
ކޭން 30 އަހަރުގައި ޓޮޓެންހަމް ދޫކޮށްލާފައިވަނީ 435 މެޗުގައި 280 ލަނޑުޖަހައިގެންނެވެ.އަދި އޭނާ ބަޔާނަށް ކުޅޭ އެންމެ ފުރަތަމަ މެޗު ކުޅެން ހަމަޖެހިފައިވަނީ މިރޭ ޖަރުމަނު ސުޕަ ކަޕްގައި އާރްބީ ލެއިޕްޒިގާ ދެކޮޅަށް ކުޅޭ މެޗެވެ.
ބަޔާނަށް ކުޅުމަށް ނިންމުމަށްފަހު އޭނާ ވަނީ އެކަމާ ގުޅިގެން ސޯޝަލް މީޑީއާގައި ޕޯސްޓްއެއްގައި އޭނަ ޓޮޓެންހަމް ދޫކޮށްލީ އޭނަ އަމިއްލައަށް އެހެން އިހުސާސްވެގެން ކަމަށް ބުނެފައެވެ.
މީގެއިތުރުން ކޭން ބުނީ، ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ކުލަބުގެ ކުޅުންތެރިޔަކަށްވުމީ އޭނާ އަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. ކޭން ބުނީ އަބަދު ވެސް ބޭނުން ވަނީ އާނާގެ ކެރިއަރުގައި ވާދަވެރި އަދި އެންމެ މަތީ ފަންތީގައި ކުޅުމަށް ކަމަށެވެ. އެހެންކަމުން ބަޔާން އަކީ އެކަމަށް ލިބުނު ފުރުސަތެއް ކަމަށާއި، މީގެ ކުރިން ވެސް އެ ކުލަބުން އެކަން ފެނުނު ކަމަށް އޭނާ ވަނީ ބުނެފައެވެ.
ބަޔާން ބަދަލުވުމުގެ ކުރިން އޭނާ ވަނީ މި އަހަރުގެ ހޫނު މޫސުމުގެ ކުރީކޮޅު މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑާ ވެސް ގުޅިފައިވެއެވެ. ގިނަ ބިޑްތަކެއް ބާތިލްކުރުމަށްފަހު، ބުރާސްފަތި ދުވަހު އެއްބަސްވުމަކަށް އާދެވުނުއިރު، ކޭން ވަނީ ހުކުރު ދުވަހު މިއުނިކަށް ފުރައިގެން ކަންކަން ފައިނަލް ކޮށްފައެވެ.