އެމެރިކާ ސިފައިންގެ ޗީފް އިންފޮމޭޝަން އޮފިސަރ ގެ މަގާމަށް އިންޑިއާ ދަރިކޮޅުގެ މީހަކު ހަމަޖައްސައިފިއެވެ.

ޑރ. ރާޖް އައްޔަރުއަކީ، ޓެމިލްނާޑޫގެ ޓްރިޗީއަށް އުފަން ބެންގަލޯރގައި ކިޔަވައި ވިދާޅުވި ބޭފުޅެކެވެ. އޭނާ ތަޢްލީމު ފުރިހަމަ ކުރެއްވީ ބެންގަލޯރގެ ނޭޝަން އިންސްޓިއުޓް އޮފް ޓެކްނޮލޮޖީގައެވެ. ޑރ. ރާޖް މަގާމަށް ހަމަޖެއްސުމާއެކު އޭނާ ވެވަޑައިގަންނަވާނީ އެމެރިކާގެ އަސްކަރީ ޚިދުމަތުގައި މަސައްކަތް ކުރައްވާ އިންޑިއާ ދަރިކޮޅުގެ އެންމެ އިސް މީހާ ކަމުގައި އޭނާ ވެގެން ދާނެއެވެ.

އެމެރިކާގައި ބޮޑެތި މަގާމުތަކުގައި އިންޑިއާ މީހުން

އެމެރިކާ ސިފައިންގެ ތެރޭގައި ޗީފް އިންފޮމޭޝަން އޮފިސަރ ގެ މަގާމު އުފައްދާފައިވަނީ 2020ގެ ޖުލައި މަހުގައެވެ.

އިލެކްޓްރިކަލް އިންޖިނިއަރިންގ ގެ ދާއިރާއިން ޑރ. ރާޖް ޕީއެޗްޑީ ހާސިލުކުރެއްވީ ޔުނިވަރސިޓީ އޮފް ޓެކްސަސްއިންނެވެ. އަދި އޭނާއަކީ އާރމީ ސެކެޓްރީއަށް އިންފޮމޭޝަން މެނޭޖްމަންޓާއި އައިޓީގެ ދާއިރާއިން މަޝްވަރާދެއްވާ އިސް މުޝީރެއްވެސް މެއެވެ.

މަގާމުގެ ހައިސިއްޔަތުން އޭނާއަކީ ތިން ތަރީގެ ސިފައިންގެ ޖެނެރަލަކާ އޭނާގެ މަގާމު އެއްވަރެވެ. އަދި އޭނާގެ ބެއްލެވުމުގެ ދަށުން ސިފައިންގެ އައިޓީ އޮޕަރޭޝަންތަކަށް 16 ބިލިއަން ޑޮލަރުގެ ބަޖެޓެއްވެސް ކަނޑައަޅާފައި ވެއެވެ. މީގެ އިތުރުން 15 ހާސް ސިވިލިއަނުންނާއި ސިފައިން، 100 ގައުމެއްގައި ތިބެގެން އޭނާގެ ދަށުން އައިޓީ ދާއިރާގައި މަސައްކަތް ކުރާނެއެވެ.