ރިޔާސީ އިންތިޚާބު 2023 ގެ ”ކެންޑިޑޭޓުންްގެ އަތްމަތީ ފޮތް“ އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުގައި މިއަދު ޝާއިއުކޮށްފިއެވެ.

މި ފޮތަކީ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް އަމާޒުކޮށްގެން ތައްޔާރުކޮށްފައިވާ ފޮތެކެވެ. އަދި މި ފޮތުގައި ކެންޑިޑޭޓުންނަށް ކޮންމެހެން ބޭނުންވާ މައުލޫމާތުތައް ވަނީ ހިމަނައިފައެވެ.

އެގޮތުން އިންތިޚާބާ ގުޅިގެން ކެންޑިޑޭޓުން ކުރަންޖެހޭ ކަންކަމާއި ކޮށްގެން ނުވާނެ ކަންކަމާއި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންކަމާއި މައިގަނޑު އުސޫލުތަކާއި ސުުލޫކީ މިންގަނޑު ވަނީ ހިމަނައިފައެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބު އޮންނާނީ ސެޕްޓެމްބަރު 9 ގައެވެ. މި އިންތިޚާބުގައި ފަސް ޕާޓީއެއްގެ ފަރާތުން ފަސް ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން ވާދަކުރައްވާ ތިން ކެންޑިޑޭޓަކު ވާދަކުރައްވާނެއެވެ.