މިހާރު ކުރިއަށްދާ ފީފާ ވިމެންސް ވަރލްޑް ކަޕުގެ ސެމީފައިނަލުގެ ފަހު ދެޖާގަ ވަރުގަދަ އިނގިރޭސިންނާއި އޮސްޓްރޭލިޔާ އިއްޔެ ހޯދައިފިއެވެ.

އިނގިރޭސިން ސެމީގެ ޖާގަ ކަށަވަރު ކުރީ ފަހަތުން އަރައި ކޮލަމްބިއާގެ މައްޗަށް 2-1 އިން ކުރި ހޯދައިގެންނެވެ. އިނގިރޭސިން ސިއްސުވާލުމަށްފަހު ކޮލަމްބިއާއިން ލީޑް ނެގީ 44 ވަނަ މިނެޓުގައި ލެއިސީ ސަންތޯޒްގެ ލަނޑުންނެވެ. ލީޑުގައި ކޮލަމްބިއާއަށް އޮވެވުނީ ކުޑައިރު ކޮޅަކަށެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ލައުންރެން ހެމްޕުގެ ލަނޑުން އިނގިރޭސިން ނަތީޖާ ހަމަހަމަކޮށް މެޗުގެ ތެރެއަށް އެނބުރި އައެވެ.

ސެމީއިން ޖާގަ ލިބުމުން އޮސްޓްރޭލިޔާ ކުޅުންތެރިން އުފާފާޅު ކުރަނީ.

ދެވަނަ ހާފް ފަށައިގެން ދެޓީމުންވެސް ލީޑް ހޯދުމަށް އެޓޭކިންގ ގޭމެއް ކުޅެމުން ދަނިކޮށް އިނގިރޭސިން ނަސީބު އަތުގައި ހިފީ 63 ވަނަ މިނެޓުގައި އެލެއްސިއޯ ރޮއްސޯ ކާމިޔާބު ކުރި ލަނޑުންނެވެ.

https://www.plus.fifa.com/en/content/27822200-5d67-44be-89c0-255419b11b98?gl=in&cid=(p_go-box)(c_fifaplus)(sc_wwc)(ssc_highlights)(l_)(ch_)(cc_2min)&pid=(p_go-box)

މިނަތީޖާއާއެކު އިނގިރޭސިން މިވަނީ އެންމެފަހުގެ 3 ވަރލްޑް ކަޕުގެ ސެމީފައިނަލުންވެސް ޖާގަ ހޯދާފައެވެ. އަނެއްކޮޅުން މިމެޗަކީ ކޮލަމްބިއާ ލީޑް ނެގުމަށްފަހު ފަހުގެ ތާރިހެއްގައި ބަލިވި ފުރަތަމަ މެޗެވެ.

ސެމީފައިނަލުގައި އިނގިރޭސިން ބައްދަލު ކުރަން ޖެހެނީ ޕެނަލްޓީ ޖަހައިގެން 7-6 އިން ވަރުގަދަ ފްރާންސްގެ މައްޗަށް ކުރި ހޯދި އޮސްޓްރޭލިޔާއާއެވެ. މިމެޗް ޕެނަލްޓީއަށް ދިޔައީ ދެގައުމުން ކުރެ ގައުމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރުވުމުންނެވެ.

މިއީ ވިމެންސް ވަރލްޑް ކަޕުގެ ތާރިހުގައި ސެމީފައިނަލުން އޮސްޓްރޭލިޔާ ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. އަދި މިއީ ފާއިތުވެދިޔަ 20 އަހަރު ތެރޭގައި ވިމެންސް ވަރލްޑް ކަޕް ހޮސްޓް ކުރި ގައުމަކުން މުބާރާތާތުގެ ސެމީފައިނަލުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. އެންމެފަހުން މިކަން ކުރެވިފައި ވަނީ އެމެރިކާއަށެވެ.

ސެމީގެ ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހު ބައްދަލު ކުރާނީ ސްޕެއިން އާއި ސްވިޑަންއެެވެ. ދެވަނަ މެޗުގައި އޮސްޓްރޭލިޔާ އާއި އިނގިރޭސިން ބައްދަލު ކުރާނީ އަންނަ ބުދަ ދުވަހުއެވެ.