ހުޅުމާލޭގައި 16 ރެސިޑެންޝަލް އިމާރާތް އަޅަން ކުންފުނިތަކާ ހަވާލުކޮށްފި އެވެ.

މި މަޝްރޫޢުތައް ކުންފުނިތަކާ ހަވާލުކުރީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި އިއްޔެ ނިމުނު މޯލްޑިވްސް ލިވިން އެކްސްޕޯގައެވެ.

މިކަން ހާމަކޮށް އާބަންކޯ އިން ބުނީ ހުޅުމާލޭގައި އިމާރާތްކުރާ 16 ރެސިޑެންޝަލް ކޮމްޕްލެކްސްގެ ތެރެއިން 10 ކޮމްޕްލެކްސްއަކީ ހަމައެކަނި މީހުން ދިރިއުޅުމަށް ހާއްސަކުރެވޭ އިމާރާތްތަކެއް ކަމަށެވެ.

އާބަންކޯ އިން ބުނެފަވަނީ މި 10 ކޮމްޕްލެކްސް އިމާރާތްކުރަނީ ހުޅުމާލެ 1، އަދި ހުޅުމާލެ 2 ގައި ކަމަށާއި ހުޅުމާލެ 1 ގައި މިކްސްޑް ރެސިޑެންޝަލް ހަ އިމާރާތް ހެދުމަށް ވަނީ ނިންމާފައި ކަމަށެވެ. އާބަންކޯ އިން ބުނީ މި އިމާރާތްތަކުގައި 1،800 އަށްވުރެ ގިނަ އެޕާޓްމަންޓް ހުންނާނެ ކަމަށެވެ.

ހަމައެކަނި މީހުން ދިރިއުޅޭ ގޮތަށް ހަދާ ރެސިޑެންޝަލް ކޮމްޕްލެކްސް އިމާރަތްކުރަން ވަނީ 10 ކުންފުންޏަކާއި ހަވާލުކޮށްފައެވެ.

އެ ކުންފުނިތަކަކީ:

  • ބްލޫ ސްޕޭން ޕްރައިވެޓް ލިމިޓެޑް
  • އައިވްސް ޕްރައިވެޓް ލިމިޓެޑް
  • އީޕޮކް އެސޯސިއޭޓްސް ޕްރައިވެޓް ލިމިޓެޑް
  • ބިގްހަޓް ލޮޖިސްޓިކްސް ޕްރައިވެޓް ލިމިޓެޑް
  • ބިލްޑްއަޕް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް
  • ވެލިގާ ހާޑްވެއާ ޕްރައިވެޓް ލިމިޓެޑް
  • ގްލޯރިއަސް ރެސިޑެންސް ޕްރައިވެޓް ލިމިޓެޑް
  • ބިލްޓް ސްޕޭސަސް ޕްރައިވެޓް ލިމިޓެޑް
  • އެންޓްރެކް ހޯލްޑިން ޕްރައިވެޓް ލިމިޓެޑް
  • އަދި އަލާފް ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ.

މީގެ އިތުރުން މިކްސްޑް ރެސިޑެންޝަލް ކޮމްޕްލެކްސް އިމާރާތްކުރަން ވަނީ ފަސް ކުންފުންޏަކާ ހަވާލުކޮށްފަ އެވެ.

އެގޮތުން ދެ އިމާރާތުގެ މަސައްކަތް ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައި ވާއިރު ރެނާޓަސް ޕްރޮޖެކްޓް ޕްރައިވެޓް ލިމިޓެޑާއި އެފްޑަބްލިއު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ އިތުރުން ކަނޑޫފާ ޕްރައިވެޓް ލިމިޓެޑް އަދި ސިންގުހާލްއާއި ވެސް ވަނީ މިކްސްޑް ރެސިޑެންޝަލް ކޮމްޕްލެކްސް އިމާރާތްކުރަން ހަވާލުކޮށްފައެވެ.