ށ. ކަނޑިތީމް ފަޅުގައި އޮތް ދޯންޏެއްގައި ރޯވެ އަނދައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު ލިބުނީ މިރޭ 22:45 ހާއިރު ކަމަށެވެ.

ފުލުހުންނާއި ރަށުގެ ރައްޔިތުން ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަދި އެހެން އުޅަނދަކަށް ވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އަލިފާން ރޯވެފައި ވަނީ ޕެޓްރޯލް އުފުލާ ދޯންޏެއްގަ އެވެ. އަދި އެ ސަރަހައްދުގެ ފަޅުގައި ތިބި ހުރިހާ ދޯނިތައް މިހާރު ވަނީ އެހެން ސަރަހައްދަކަށް ބަދަލުކޮށްފަ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.