ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް އަލުން ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންފިއެވެ.

މިިދިޔަ އަހަރުގެ އޮގަސްޓް މަހާ ހިސާބަށް މަބްރޫކް ހުންނެވީ ރައީސް އޮފީހުގެ ތަރުޖަމާނެއްގެ ވަޒީފާގައެވެ. ނަމަވެސް އަމިއްލަ ވިޔަފާރީގައި އުޅުއްވުމަށް ކަމަށް ވިދާޅުވެ އެ މަގާމުން މަބްރޫކް ވަނީ އިސްތިއުފާ ދެއްވާފައެވެ.

އޭރު އިސްތިއުފާ ދެއްވަމުން މަބްރޫކް ވިދާޅުވީ، ދެން ކުރިއަށް ދާންވީ ގޮތަކާމެދު ވިސްނުމަށް ބޭނުންވާ ކަމަށެވެ.

ރައީސް އޮފީހުގައި މަބްރޫކް އެންމެ ފުރަތަމަ އަދާކުރެއްވީ ކޮމިއުނިކޭޝަން ހެޑް އެއްގެ މަގާމެވެ. އޭގެ ފަހުން ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ސަރުކާރުގެ ސްޕޯކްސް ޕާރސަންގެ މަގާމާ ހަވާލުވެ ވަޑައިގެން، ކޮވިޑްގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށް މެދުނުކެނޑި ހުންނެވިއެވެ.

އޭރުވެސް މަބްރޫކް ވިދާޅުވަމުން ގެންދެވީ، ސިޔާސީ ހަރަކާތުގައި ޒުވާނުން އަމަލީ ގޮތުން ބައިވެރިވުން މުހިންމު ކަމަށެވެ. އަދި އެ ވަތުގަށް ސިޔާސީ މައުދާނުން ގެއްލުނަށް، އަދި ފެންނާނެ ކަމަށް އޭރުވެސް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވަނީ ރައީސް އިބްރާހީމް މުހައްމަދު ސާލިހު ނ. ވެލިދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި، އެމަނިކުފާނުގެ މެނިފެސްޓޯގެ ދެވަނަ ސިޔާސަތު ކަމުގައިވާ ޒުވާނުންގެ މެނިފެސްޓޯގެ ބައިތައް ތައާރަފް ކޮށްދެއްވާފައެވެ.

އެޖަލްސާގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ރައީސް ސާލިހުގެ ފުރަތަމަ ދައުރަކީ ދިވެހިރާއްޖޭގެ ޒުވާނުންނަށް މީން ޒަމާނަކުވެސް ނުލިބޭ ވަރުގެ އިންގިލާބީ އުފާވެރި ބަދަލުތަކެއް ގެނުވައިދިން ފަސް އަހަރު ކަމަށް އެޖަލްސާގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވެފައިވެއެވެ.

ތައުލީމާއި ކުޅިވަރާއި ވަޒީފާ އަދި ވިޔަފާރީގައިވެސް ޒުވާނުންނަށް ބޮޑު ހޭދައެއް މި ސަރުކާރުން ކޮށްދެއްވާފައިވާ ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ޒުވާނުންގެ މެނިފެސްޓޯ އެކުލަވާލާފައި ވަނީ ރައީސް ސާލިހުގެ ސަރުކާރުގެ ފުރަތަމަ ދައުރުގައި ކުރެވިފައިވާ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް، އިތުރަށް ހަރުދަނާކޮށް ފުރިހަމަ ކުރަން ހުރި ކަންކަމާއި ވަށާ ޖެއްސުމަށްޓަކައި ކުރަން ހުރި ކަންތައްތަކއެކު ޒުވާނުންގެ ހިޔާލު ހިމަނައިގެން އާ އީޖާދީ ވިސްނުންތަކުގެ މައްޗަށް ބިނާކޮށްފައިވާ މެނިފެސްޓޯއެއް ކަމަށެވެ.