އިންޑިއާގެ ހިމާޗަލް ޕްރަދޭޝް އާއި އުއްތަރަޚާންއަށް ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިއުމުން 49 މީހުން މަރުވެ ދިހަވަރަކަށް މީހުން ގެއްލިފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ދުވަސްތަކެއް ވަންދެން ބޯކޮށް ވާރޭ ވެހިފައިވާއިރު، ހިމާލަޔާގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ ހިމާޗަލް ޕްރަދޭޝް އަދި އުއްތަރަޚަންދުގައި ވެހިކަލްތައް ހަލާކުވެ، ބައެއް އިމާރާތްތަކާއި ބްރިޖްތައް ވަނީ ހަލާކުވެފަ އެވެ.
މަރުވެފައިވާ 49 މީހުންގެ ތެރެއިން 41 މީހުން މަރުވެފައި ވަނީ ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ހިމާޗަލް ޕްރަދޭޝްއިން ކަމަށާއި އޭގެ ތެރޭގައި އެސްޓޭޓުގެ ވެރިރަށް ޝިމްލާގެ ހިންދޫ ފައްޅިއެއް ވެއްޓި މަދުވެގެން ނުވަ މީހަކު މަރުވެފައިވާ ކަމަށް އޮފިޝަލުންނާއި ހަވާލާދީ އިންޑިޔާގެ ނޫސްތަކުން ބުނެއެވެ.
އިންޑިއަށް ކުރިމަތިވާ މޫސުމީ ވިއްސާރައިގެ ސަބަބުން ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމަކީ އާންމު ކަމެއް ކަމެކެވެ. އެހެންނަމަވެސް ފަހަކަށް އައިސް މޫސުމީ ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުން އިތުރުވަމުންދާ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.
"މިހާރު ވެސް ތާށިވެފައި ތިބެދާނެ ފަރުދުން ސަލާމަތް ކުރުމަށްޓަކައި ލޯކަލް އެޑްމިނިސްޓްރޭޝަނުން ދަނީ އެސަރަހައްދުތައް {ބިންގަނޑު ކަޑައިގެން ވެއްޓިފައިވާ ސަރަހައްދުތައް} ސާފުކުރުމަށް ގަދައަޅައި މަސައްކަތް ކުރަމުން،" ޗީފް މިނިސްޓަރު ސުޚްވިންދަރު ސިންގް ސުޚޫ ނެރުނު ބަޔާނެއްގައި ވިދާޅުވި އެވެ.