ދ.ކުޑަހުވަދޫ ކައުންސިލުގެ ކުރީގެ ރައީސް އަޙްމަދު ޝާމް އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްއާ ގުޅިވަޑައިގެންފިއެވެ.

ޝާމް ޕީޕީއެމްއާ ގުޅިވަޑައިގަތުމުގެ ކުރިން ހުންނެވީ އެމްޑީޕީގައެވެ.

ޝާމްގެ މެމްބަރޝިޕް ފޯމާ ހަވާލުވެވަޑައިގަތީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް، މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފެވެ

މި ރަސްމިއްޔާތުގައި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.