މަޖީދިއްޔާ ސްކޫލަށް 96 އަހަރު ފުރޭ މުނާޞަބާ ފާހަގަކުރުމުގެ ގޮތުން ބާއްވާ "މަޖީދީ ރަން" ފަސްކޮށްފިއެވެ.

އެ ސްކޫލުއިން ބުނިގޮތުގައި މި އަންނަ ހުކުރު ދުވަހުގައި ބާއްވަން ހަމަޖެހިފައިވާ މަޖީދީ ރަން ފަސްކުރަން ނިންމާފައިވަނީ ދިމާވި މައްސަލައަކާ ގުޅިގެންކަމަށެވެ.

ނަމަވެސް ދުވުން ފަސްކުރި ވަކި ސަބަބެއް ވިދާޅުވާފައި ނުވެއެވެ. އަދި މަޖީދީ ރަން ބާއްވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެކަމަށްވެސް އެ ސުކޫލުން ބުނެފައިވެއެވެ.

މިދިޔަ އަހަރުގެ މަޖީދީ ރަން ގައި ރައީސް ބައިވެރިވަޑައިގަތުން

މަޖީދިއްޔާ ސުކޫލަށް 96 އަހަރު ފުރިގެންދިޔައީ އޭޕްރިލް މަހުގެ 19 ވަނަ ދުވަހުއެވެ. ރާއްޖޭގެ ތަޢުލީމީ ނިޒާމު ފެށިގެންދިޔައީ 1927 ވަނަ އަހަރުގެ އޭޕްރިލް 19 ވަނަ ދުވަހު މަދަރުސަތުއްސަނިއްޔާ މިހާރުގެ ނަމުންނަމަ މަޖީދިއްޔާ ސްކޫލާއި އެކުއެވެ.

މަޖީދިއްޔާ ސްކޫލަކީ ތަޢުލީމު ދިނުމުގެ އިތުރަށް، މީހުން ބިނާކުރުމުގެ ބުރަ ބޮޑު މަސައްކަތްވެސް ފެށުނު ހިސާބެވެ. އެގޮތުން އަޚުލާގާއި ތަރުބިއްޔަތާއި، އިޖްތިމާއީ ކުރިއެރުމަށް ޒުވާނުން ތައްޔާރުކުރުމާއި، ކުޅިވަރާއި އަދަބިއްޔާތުފަދަ ދާއިރާތަކުން މީހުން ބިނާކުރި ސްކޫލެވެ.