ރ.މަޑުއްވަރީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތާއި މަހިބަދޫ މަގުހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

ޕްލޭނިންގ މިނިސްޓްރީން މިއަދު ވަނީ މި ދެ މަޝްރޫއު އާރްޑީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މަޑުއްވަރީ މަގުތަކުގައި ތާރުއެޅުމަށް ހަވާލުކުރީ 82,813,732.77 ރުފިޔާއަށް 540 ދުވަހުގެ ތެރޭ ނިންމުމަށެވެ.

މަހިބަދޫގެ މައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު ހިންގުމަށް ހަވާލުކުރީ 42,765,652.08 ރުފިޔާއަށެވެ. މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 420 ދުވަހުގެ ތެރޭ ނިންމުމަށެވެ.