ހއ. ބާރަށު އެމްޑީޕީ ސަޕޯޓަރުން، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު އެރަށަށް ކެންޕެއިނަށް ވަޑައިގެންނެވުމުން ދަތިކުރަން ކުރި މަސައްކަތުގެ ސަބަބުން އެރަށުގައި ވަނީ ހަމަނުޖެހުންހިނގާފައެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޕެއިނަށް ޑރ. މުޢިއްޒު މިއަދު ބާރަށަށް ވަޑައިގެންނެވުމާއިއެކު އެރަށު އެމްޑީޕީ ސަޕޯޓަރުން ވަނީ މުއިއްޒަށް އުނދަގޫ ވާގޮތަށް، އެމްޑީޕީ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ގެ ކެންޕެއިން ޕޯސްޓަރު ބަނދަރުގައި ހަރުކޮށްފައެވެ.
އޭގެ ސަބަބުން ދެ ޕާޓީގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުން ހިނގައި، އެއްބަޔަކު އަނެއް ބައަކު ތަޅާފޮޅައިގަންނަ ހިސާބަށް ގޮސްފައިވަނިކޮށް, ގިނަ އަދަދެއްގެ ފުލުހުން ވަނީ އެތަނަށްގޮސް ހަމަނުޖެހުން ހިންގި މީހުން ދުރަށް ޖައްސައި، ކޮންޓްރޯލް ކުރުމަށް މަސައްކަތް ކޮށްފައެވެ.
ބާރަށުގެ އިތުރުން، ޑރ. މުޢިއްޒު ހއ ކެލާއަށް ވަޑައިގެންނެވުމުން އެމްޑީޕީ ބައެއް ސަޕޯޓަރުންވަނީ އިހްތިޖާޖު ކޮށްފައެވެ.
މިއިން ކޮންމެ ރަށަކަށް ވަޑައިގެންނެވުމުން ދިމާވާ މިފަދަ މިކަންތައްތަކާ މެދު ކަންތައް ކުރައްވަނީ އިހްތިރާމާއެކު އެހާމެ މަޑމައިތިރިކޮށެވެ.
މުޢިއްޒު ވަނީ އެ ސަޕޯޓަރުންގެ އަރިހަށް ވަޑައިގެން، އެ އެންމެނާއިވެސް ސަލާމްކުރައްވައި ރިވެތި ނަމޫނާ ދައްކަވާފައެވެ. އެއާއެކު ގިނަ ބަޔަކު އަންނަނީ އޭނާއަށް ތަޢުރީފުވެސް ކުރަމުންނެވެ.