ފުލުހުން ބަލަމުންދާ މައްސަލައެއްގައި ކ. މާލެ/ ދަފްތަރު ނަންބަރު ދރ 053، ޢަލީ ޝާހިދު (ސްޓެޕް އައްޔަ) ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން ބުނިގޮތުގައި އައްޔަ ހޯދަނީ ފޯޖަރީ މައްސަލައިގެ ތަހުގީގަށެވެ

އަދި ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ބަލަމުންދާ މި މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ޢަލީ ޝާހިދުއަށް ރައްދުކުރެވިފައިނުވާކަމަށްވެސް ފުލުހުން ފުލުހުން ވަނީ ބުނެފައެވެ.

އެގޮތުން ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް، މިމަހު 24 ވަނަ ދުވަހުގެ 11:30 އަށް، ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފައެވެ.