ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅެއްގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެެއެވެ.

އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ވ.އަތޮޅާއި މ.އަތޮޅާއި ފ.އަތޮޅާއި ދ.އަތޮޅުގެ ރަށްތަކަށެވެ.

މިއަދުން ފެށިގެން މި މަހުގެ 19 ވަނަ ދުވަހަށް ކުރައްވާ މި ދަތުރުފުޅުގެ ފުރަތަމަ މަންޒިލު ކަމަށްވާ ދ.ކުޑަހުވަދުއަށް ވަޑައިގަންނަވާނީ މިއަދު ހަވީރު 17:00 ގައެވެ.

މިއީ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން މުޢިއްޒު ކުރައްވާ ދެވަނަ ދަތުރުފުޅެވެ. ފުރަތަމަ ދަތުރުފުޅުގައި ވަޑައިގެންނެވީ ބޮޑުތިލަދުންމައްޗަށެވެ.

މުޢިއްޒުގެ ރަނިންގމޭޓް ފަރެސްމާތޮޑާ ދާއިރާާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް (ސެމްބެ) މިހާރު ގެންދަވަނީ ހުވަދު އަތޮޅުގެ ރަށްތަކަށް ޒިޔާރަތް ކުރައްވަމުންނެވެ.