އޯ ލެވެލް އިމްތިހާންގެ ނަތީޖާ މިއަދު ދޫކުރަން ފަށައިފިއެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން(ޑީޕީއީ)އިން ބުނީ އައިޖީސީއެސްއީ އަދި އެސްއެސްސީ އިމްތިހާނުގެ ނަތީޖާ ސެންޓަރުތަކަށް މިއަދު ލިބޭނެ ކަމަށެވެ.

އެގޮތުން އެސްއެސްސީ އިމްތިހާނުގެ ނަތީޖާ އެދުވަހުގެ ހެނދުނު 9:00 ގައި، އަދި އައިޖީސީއެސްއީ އިމްތިހާނުގެ ނަތީޖާ 10:00 ގައި ސެންޓަރތަކަށް ލިބޭނެކަމަށާއި ސެންޓަރުތަކުން ކެންޑިޑޭޓުންނަށް ހަމަ މިއަދު ނަތީޖާ ދޫކުރަމުން ގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.

އަދި ޕްރައިވެޓްކޮށް ޑީޕީއީގައި އިމްތިހާނު ހެދި ހުރިހާ ކެނޑިޑޭޓުންނަށް މިއަދު މެންދުރު 12:00 އިން ފެށިގެން ނަތީޖާ ދޫކުރަމުން ގެންދާނެ ކަމަށް ޑީޕީއީއިން ބުނެފައިވެއެވެ.

މީގެއިތުރުން ނަތީޖާ ރީޗެކް ކުރުމަށް ބޭނުންވާ ކެންޑިޑޭޓުންނަށް އަންނަ ބުރާސްފަތި ދުވަހުން ފެށިގެން މިމަހުގެ 31 ގެ ނިޔަލަށް، އެ ކެންޑިޑޭޓް އިމްތިހާނު ހެދި ސެންޓަރަށް އެދި ހުށަހަޅަން ޖެހޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.