ކޮކާ ކޯލާއިން އަލަށް ތައަރާފް ކޮށްގެން މިހާރު އެންމެ މަގްބޫލު ބުއިން، ޗާރޖްޑް ގެ ދެވަނަ ޝޯ ހުކުރު ދުވަހުގެ ރޭގައި ސޯޝަލް ސެންޓަރުގައި ބާއްވަން ނިންމައިފިއެވެ.

މި ޝޯ ހުކުރު ދުވަހުގެ ރޭގައި 20:00 އިން ފެށިގެން 22:00 އާ ހަމައަށް އޮންނައިރު ބައިވަރު ހަރަކާތްތައް އޮވެއެވެ.އޭގެ ތެރެއިން ފާލިހް ބޭންޑާއި ހަބޭސް ބޮޑުބެރު ގުރޫޕުގެ އިތުރުން ޓްރެފިކް ޖޭމެވެ. ޗާޖްޑް ނައިޓްސް ކުރިއަށްދާ ތަނުގައި ޗާޖް ބުއިން ލިބޭ ސްޓޯލްތައް ހުރެއެވެ.

ޗާޖްޑް ނައިޓްސް ގުޅިފައިވަނީ، މިހާރު ކުރިއަށްގެންދާ "ގެޓް ޗާޖްޑް އެންޑް ވިން" ޕްރޮމޯޝަނާއެވެ.

މިތަނަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެންޑްރީއެއްގެ ގޮތުގައި ހަމަޖެހިފައިވަނީ ޗާޖްޑް ދަޅެއް ގަންނަ އިރު، ކަހާލެވޭ ކާޑުކޮޅަކަށް އެދުމުން ލިބޭ އެ ކާޑުކޮޅު ކަހާލުމުން ފެންނަ ފޮރުވިފައިވާ ކޯޑް އެސްއެމްއެސް މެދުވެރިކޮށް 2626އަށް ފޮނުވުމުން ޕްރޮމޯޝަންގައި ބައިވެރިވެވުމުންނެވެ.އަދި އެތަނަށް ވަނުމަށް އެލިބޭ ކާޑު ކޮޅު ދައްކަން ޖެހެއެވެ.

އެ ޕްރޮމޯޝަންގައި ނަސީބުވެރިންނަށް އިނާމުގެ ގޮތުގައި ބެނެލީ ސައިކަލާއި ހެލްމެޓާއި ޗާޖްޑް ކޭސްތައް ލިބިގެންދާނެ އެވެ. އިނާމުތައް ލިބޭ ނަސީބުވެރިން އިއުލާނު ކުރާނީ އޮގަސްޓް 19، ސެޕްޓެމްބަރު ދޭއް އާއި 16 ގައި ކޮންމެ ރެއެއްގެ 9:30ގައި ޓީވީއެމުންނެވެ.

މި ޕްރޮމޯޝަންގެ އެންމެ ފުރަތަމަ ޝޯ ބާއްވާފައިވަނީ މިދިޔަ ހުކުރު ދުވަހު އާޓިފިޝަލް ބީޗުގައެވެ.