މުޙްޔިއްދީން ސްކޫލްގެ ދަރިވަރުންނަށް "ނަމާދު ވޯކްޝޮޕް" އެއް ކުރިއަށް ގެންގޮސްފި ކަމަށް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީއިން ވިދާޅުވީ މި ވޯކްޝޮޕަކީ ތަޙްޒީބީ އަޚްލާޤީ މުޖުތަމަޢެއް ބިނާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

މީގެއިތުރުން މި ވޯކްޝޮޕަކީ މުޙްޔިއްދީން ސްކޫލްގެ ގްރޭޑް 4 އަދި 5 ގެ ދަރިވަރުންނަށް ކުރިއަށް ގެންދެވުނު ވޯކްޝޮޕެއްކަމަށްވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އަދި މި ވޯކްޝޮޕްގެ ސެޝަންތައް ދަރިވަރުންނަށް ނަގަވައިދެއްވާފައިވަނީ އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަންއާއި އައްޝައިޚް ޢައްމާރު އިލްޔާސްއެވެ.