އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން މިއިންތިހާބު ކާމިޔާބު ކުރުމަށް އޮތް އެންމެ ބޮޑު ފުރުސަތަކީ އަދި ޔަގީންކަމަކީ ޕީޕީއެމްގެ ބަދަހި ލަޝްކަރުކަމަށާއި އެކޯލިޝަން ރޫޅާލަން މިސަރުކާރުން މިފަސް އަހަރު ތެރޭ ކުރި މަސައްކަތް ފެއިލް ކޮށްލީ އާންމު މެމްބަރުން ކަމުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިން މޭޓް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ހުސެއިން މުހައްމަދު ލަތީފް(ސެމްބެ) މިހެން ވިދާޅުވީ ރިޔާސީ ކެމްޕޭންގައި ހުވަދު އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުގައި ގދ.ފިޔޯރީއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި މުހާތަބު ކުރައްވާ ވާހަކަ ދައްކަވަމުންނެވެ. މިވާހަކަފުޅުގައި ސެމްބެ ވިދާޅުވީ ޕީޕީއެމްގެ ބަދަހި ސަފުތަކަކީ ސާބިތު އެއް އަޒުމެއްގައި އޮތް ސަފުތަކެއްކަން މި ފަސްއަހަރުގެ ތެރޭގައި ސާބިތު ކަމާއިއެކު ހާމަކޮށް ދީފައިވާކަމަށެވެ. ޕީޕީއެމްގެ ރައީސް ޔާމީނަށް ނުހައްގުން މިސަރުކާރުން އެތައް އަނިޔާއެއްދިން ކަން ފާހަގަ ކުރައްވައި ސެމްބެ ވިދާޅުވީ، ޕާޓީގެ އާންމު މެމްބަރުން ބައިބައި ކޮށްލުމަށް ކެނޑިނޭޅި ކުރަމުންދިޔަ މަސައްކަތް ކާމިޔާބު ނުވީ އާންމު މެމްބަރުންގެ މަސައްކަތުންކަމަށެވެ.

"އަޅުގަނޑުމެންނަށް މި އިންތިހާބު ކާމިޔާބު ކުރުމަށް އޮތް އެންމެ ބޮޑު ފުރުސަތަކީ، އަދި ޔަގީންކަމަކީ ޕީޕީއެމްގެ ބަދަހި ލަޝްކަރު. މިފަސްއަހަރު މިސަރުކާރުން ކެނޑިނޭޅި އަޅުގަނޑުމެންގެ ތެރެ ބައިބައިކޮށް ރޫޅާން ކުރި މަސައްކަތް ވީ ނާކާމިޔާބު. މާދިއްޔަތަށް އަޅުގަނޑުމެންގެ އާންމު މެމްބަރުން ގުޑުވާ ނުލެވެނު. އިރާދަ ކުރެއްވިއްޔާ މިއިންތިހާބު އަޅުގަނޑުމެން ކާމިޔާބު ކުރާނީ އެއްބުރުން،"
ހުސައިން މުހައްމަދު ލަތީފް (ސެމްބެ

މި އިންތިހާބު ކާމިޔާބު ކުރުމަށް އޮތް އެންމެ ބޮޑު ފުރުސަތަކީ، އަދި ޔަގީންކަމަކީ ޕީޕީއެމްގެ ބަދަހި ލަޝްކަރުކަން ފާހަގަކުރައްވައި ސެމްބެ ވިދާޅުވީ މިފަސްއަހަރު މިސަރުކާރުން ކެނޑިނޭޅި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ތެރެ ބައިބައިކޮށް ރޫޅާން ކުރި މަސައްކަތް ވީ ނާކާމިޔާބުކަމަށެވެ. އަދި މާދިއްޔަތަށް އެކޯލިޝަނުގެ އާންމު މެމްބަރުން ގުޑުވާ ނުލެވެނުކަމަށާއި މިއިންތިހާބު ކާމިޔާބު ކުރާނީ އެއްބުރުންކަމަށްވެސް ސެމްބެ ވަނީ ވިދާޅުވެފައެވެ.

މިސަރުކާރުން ރާއްޖޭގެ އެތައް ހާސް ރައްޔިތުންނަށް ދެމުންދާ އަނިޔާއަކީ ރައީސް ޔާމީން ޖަލުގައި ބަންދުކޮށްގެން ގެންގުޅުން ކަމަށް ސެމްބެ ފާހަގަކުރެއްވިއެވެ.. މިއީ އެތައް ރައްޔިތުންގެ އިހުސާސްތަކާއި ގުޅިފައިވާ ކަމަކަށްވާއިރު މިކަމުގައި މިސަރުކާރުން ދެމުންދާ އަނިޔާތަކަކީ ރައްޔިތުން ވޯޓުން އޭގެ ނަތީޖާ ދައްކާނެ ކަމެއްކަމަށްވެސް ސެމްބެ ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ޑރ.މުއިއްޒުގެ ސަރުކާރެއްގައި އެއްވެސް ދިވެހި ރައްޔިތަކަށް ނުހައްގުން އަނިޔާ ދީ ނަހަދާނެ ކަމަށާއި، އިންސާފުން ބޭރުން ގާނޫނީ އިމުން ބޭރުން ކުރާނެ އެއްވެސް ކަމެއް ނޯންނާނެކަމަށްވެސް ސެމްބެ ވަނީ ވިދާޅުވެފައެވެ.