ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހަބުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުން ދައްކަވާ ވާހަކަފުޅުތަކުން ދޭހަވަނީ އެ ބޭފުޅުން ކުރައްވާނީ ހުދުމުހުތާރު ވެރިކަމެއް ކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.

މައުމޫނު އަބްދުލްގަައްޔޫމް މިހެންވިދާޅުވީ އެކްސް.ކޮމް ގައި މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

ރާއްޖޭގައި 30 އަހަރު ވެރިކަން ކުރެއްވި ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބައެއް ކެންޑިޑޭޓުން ވާހަކަފުޅު ދައްކަވާއިރު ހީވަނީ ހުދުމުހުތާރު ވެރިކަމެއް ކުރައްވަން ބޭނުންފުޅުވާހެން ކަމަށް ކަމަށެވެ.

އަދި ވަގުތުން މިވެނި ކަމެއް ކުރައްވާނަމޭ ނުވަތަ ވަގުތުން މިވެނި ކަމެއް ހުއްޓުވާނަމޭ ވިދާޅުވާއިރު ގާނޫނު ކޮބައިިތޯ މައުމޫން ސުވާލު ކުރެއްވިއެވެ.

”ވަގުތުން މިވެނި ކަމެއް ކުރައްވާނަމޭ ވަގުތުން މިވެނި ކަމެއް ހުއްޓުވާނަމޭ. ކޮބައިތޯ ޤާނޫނު؟ ކޮބައިތޯ ޑިއު ޕްރޮސެސް؟” 30 އަހަރުގައި ވެރިކަން ކުރެއްވި މައުމޫންގެ ޓުވީޓުގައި ސުވާލު އުފައްދަވާފައިވެއެވެ.

އަންނަ ރިޔާސީ އިންތިހާބުގައި މައުުމޫނުގެ ދަރިކަލުން އަދި އެމްއާރްއެމްގެ ރައީސް ފާރިޝް މައުމޫންގެ އިތުރުން 7 ބޭފުޅުން ވާދަކުރައްވައެވެ.