މި ސެޕްޓެމްބަރ ނުވަވަނަ ދުވަހު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި، ޑރ މުއިއްޒު ފުރަތަމަ ހުވށ ކުރައްވާނީ ރައީސްޔާމީނާ އެއްސަފެއްގައި ހުންނަވައިގެން ކަމަށް އިދިކޮޅުކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ހުސައިން މުހައްމަދު ލަތީފް(ސެމްބެ) ވިދާޅުވެއްޖެއެވެ.

ސެމްބެ މިހެން ވިދާޅުވީ މިއަދު މެންދުރު ގއ ނިލަންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ސެމްބެ ގެ ވާހަކައިގައި ކޯލިޝަންގެ މިޕާޓީއަކީ ތަރައްގީ ދަންނަ ބައެއްކަމަށާއި މި ދެޕާޓީގައި މަސައްކަތް މިކުރަނީ ރައީސްޔާމީންގެ އިރުޝާދާއި ވިސްނުންފުޅާ އެކީގައިކަން ފާހަގަކުރެއްވިއެވެ. ކޮންމެ އިންސާނަކީވެސް މާއްދީކަންކަން ބޭނުންވާ ބައެއްކަން ފާހަގަ ކުރައްވަމުން ސެމްބެ ވިދާޅުވީ ދިރިއުޅުމުގައި، ކަންކަން ހަމަޖެއްސުމަށްޓަކައި ތަބީއަތުގައި ހުންނަ ކަންކަން ބޭނުންވާނެކަމަށެވެ. އެހެންނަމަވެސް ބޮޑު ސަރުކާރެއްގައި ނުފޫޒާއި އާރާއިބާރުގެ ތެރެއިންގެ ނުކުރެވުނު ކަންތައްތަކެއް ފެނިގެން ހިނގައްޖެ ކަމަށް ސެމްބެ ވިދާޅުވިއެވެ.

އެހެންކަމަށްވިޔަސް ރައީސް ޔާމީންގެ ލޯތްބާއި އެމަނިކުފާނު މިރާއްޖެއަށް ގެނެސްދެއްވި ތަރައްގީއާއި އެމަނިކުފާނުގެ ލެގަސީ މިރާއްޖެއިން މިސަރުކާރުން ނައްތާނުލެވުނު ކަން ފާހަގަ ކުރައްވައި ސެމްބެ ވިދާޅުވީ މިއީ ލިބިފައިވާ އެންމެ ބޮޑުކުރިއެރުންކަމަށެވެ. މީގެ މާނައަކީ ކެތްކުރުން ކަމަށާއި އެއަށްވުރެ ރަނގަޅު މިސާލެއް ދެއްކެން ނެތްކަމަށެވެ. މިއޮއް ވަރުގަދަ ސަރުކާރަށް ޕީިޕީއެމް/ޕީއެންސީއަށް ތާއީދު ކުރާ ރައްޔިތުން ބަލިކޮށްނުލެވުނު ކަމަށެވެ. މާގިނަ ދުވަހެއް ނުވެ، ޑރ މުއިއްޒު، ރައީސް ޔާމީން މިނިވަން ކުރައްވާނެކަމުގެ ޔަގީންކަން ސެމްބެ ވަނީ ދެއްވާފައެވެ.

ސެމްބެގެ ވާހަކަ ނިންމާލަމުންވެސް ޑރ މުއިއްޒަކީ ޔާމީނަށްޓަކައި ރިޔާސީ އިންތިހާބަށް ކުރިމަތިލެއްވި ބޭފުޅެއްކަމަށާއި އިންތިހާބު ކާމިޔާބުވުމުން އެންމެ ފުރަތަމަވެސް ހުވާ ކުއްވާނީ ރައީސް ޔާމީން އާއެއްސަފެއްގައި ހުންނަަވައިގެން ކަމަށް ވަނީ ސެމްބެ ތަކުރާރުކޮށް ރައްޔިތޔުންނަށް ވައުދުވެވަޑައިގެންފަައެވެ.