ޖަސްޓިސް ބިލްޑިންގގެ ދެވަނަ ފަންގިފިލާގައި ހުންނަ ސިވިލް ކޯޓަށް މީހަކު ވަގަށް ވަތް މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ ހުއްދަ ނެތި އެތަނުގެ ތެރެއަށް ވަދެފައިވާ މައްސަލައެއް އިއްޔެ މެންދުރު ފަހު މައްސަލައެއް ފުލުހުންނަށް ހުށަހެޅުނު ކަމަށެވެ.
ނަމަވެސް އެއްވެސް އެއްޗެއް ވަގަށް ނަގާފައިވާ ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށާއި މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.
ސިވިލް ކޯޓަށް ވަގަކު ވަންއިރު، ހަމަ އެ އިމާރާތުގައި ހިންގާ ފެމިލީ ކޯޓަށް ވެސް ދެ ފަހަރަށް ގެއްލުންދީ ވައްކަން ކޮށްފައިވެއެވެ.
އެ ކޯޓުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އިމާރާތުން އެންމެ ފުރަތަމަ ވައްކަން ކުރީ މި މަހުގެ 9 ވަނަ ދުވަހުގެ ރޭ ދަންވަރު ކަމަށެވެ. އެއަށްފަހު، މިދިޔަ ހަފުތާގެ ހުކުރު ދުވަހުގެ ރޭ ދަންވަރު އަނެއްކާ ވެސް ވައްކަން ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފެމިލީ ކޯޓަށް ދެ ފަހަރު ގެއްލުންދީ ވަގަށް ނެގީ ފައިސާތަކެކެވެ.
ކޯޓުގެ އެއްވެސް ލިޔެކިޔުމެއް އަދި މުދަލެއް ނުގެއްލޭ ކަމަށް އޮފިޝަލް އޭރު ވިދާޅުވިއެވެ.