ޝަރުއީ ދާއިރާ މިނިވަންކޮށް، ފަނޑިޔާރުންގެ މައްސަލަތައް ހައްލުކޮށްދޭނެ ކަމަށް، މޯލްޑިވްސް ނޭޝަނަލް ޕާޓީގެ ފަރާތުން ވާދަކުރައްވާ މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ ކ.ހުރާގައި ކެމްޕެއިން ޖަގަހަ ހުޅުވައިދެއްވުމަށްފަހު ޝަރުއީ ދާއިރާ އޮތް ހާލަތާ މެދު ދެއްކެވި ވާހަކަފުޅުގައެވެ.އަދި އެ ދާއިރާ މިހާރު ހިނގަމުންދަނީ ރަނގަޅަށް ނޫންކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ މަޖިލީހުގެ ތެރެއިން ޖޭއެސްސީއަކީ މިނިވަން ތަނެއްގެ ގޮތުގައި ހަދާނެކަމަށެވެ.ފަނޑިޔާރުންނަށް ވެސް ނާޒިމް ވިދާޅުވީ އެބޭފުޅުންނަކީވެސް މިނިވަން ކަމާއި އިންސާފުވެރިކަމަާއެކު ކަންކަން ކުރުމަށް ފުރުސަތު ހުޅުވިގެން ދާނެކަމަށެވެ.އަދި އެ ބޭފުޅުންނަށް އެކަށީގެންވާ މުސާރައެއް ދީ، ކޯޓުތަކުގެ ހާލަތު ރަނގަޅުކޮށް އިންސާފު ގާއިމްކުރުމަށްޓަކައި ފަނޑިޔާރުންނަށް ވަސީލަތްތައް ފަހިކޮށްދިނުމަށްވެސް ނާޒިމް ވައުދުވެވަޑައިގަތެވެެ.

މިޖިލީހުގެ ހާލަތައް ރިޔާތްކޮށް ނާޒިމް ވިދާޅުވީ މަޖިލީހުގައި ކުރާނެކަމެއް ނެތް އިރު އެހާ ބޮޑު މުސާރައެއް ދީފައި ގިނަ މީހުން ބޭތިއްބުން މުހިންމު ނޫންކަމަށެވެ.އެހެންކަމުން އެމަނިކުފާނުގެ ވެރިކަމެއްގައި ސަރުކާރެއްގައި ޕޭ ކޮމިޝަން މެދުވެރިކޮށް ރާއްޖޭގެ ހުރިހާ މުސާރަތަކެއް އެންމެ އެކަށީގެންވާ ގޮތަށް ހާމަނައިޒްކޮށް ދައްކާނެކަމަށެވެ.