ރާއްޖޭ ބޮޑު ބަޔަކަށް އުދަ އަރާފާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން މި ހުދު ސަމާލު ނެރެފައިވަނީ މިއަދު 14:00 އިން ހަވީރު 17:00 އާއި ހަމައަށް މާލެ އަތޮޅުން ފެށިގެން އައްޑު އަތޮޅާއި ހަމައަށެވެ.

މީގެ އިތުރުން އެ ސަމާލުގައި ބުނެފައި ވަނީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށަށް އުދަ އަރާނެ ކަމަށެވެ.