އަރުޝީފަކީ، އިއްޔެއާއި، މިއަދާއި، މާދަމާ ގުޅުވައިދޭ ފާލަމެއް: ސްޓޭޓް މިނިސްޓަރ މުޙައްމަދު ޠާރިގު

6

އަރުޝީފަކީ، އިއްޔެއާއި، މިއަދާއި، މާދަމާ ގުޅުވައިދޭ ފާލަމެއް ކަމުގައި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އާރޓްސްކަލްޗަރ އެންޑް ހެރިޓޭޖް އަލްފާޟިލް މުޙައްމަދު ޠާރިގު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ބައިނަލް އަޤުވާމީ އަރުޝީފް ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ. އަރުޝީފް ދުވަސް ފާހަގަ ކުރެވެމުންދާއިރު އަޅުގަނޑުމެންގެ އަރުޝީފް ނުވަތަ އާކައިވް އެގެންޖެހޭ ކަމަށާއި، ގާނޫނު ތަންފީޒު ކުރަންޖެހޭ ކަމަށާއި، އަދި ހޭލުންތެރިވެސް ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ޒިންމާ އަދާކުރަންޖެހުމުގެ އިތުރަށް ވަސީލަތްތައްވެސް ލިބެން ޖެހޭ ކަމަށް އެމަނިކުފާނުގެ ޓްވީޓަރގައި ވަނީ ވިދާޅުވެފައެވެ.

Advertisements

ސްޓޭޓް މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު، ދިވެހިރާއްޖޭގެ ގައުމީ އަރުޝީފަކީ، މިހާރުން މިހާރަށްވެސް ކުރިއަށް ގެންދިޔުމަށް ގިނަ ވަސީލަތްތަކެއް ބޭނުން ވެފައިވާތަނެއްކަން ފާހަގަ ކޮށްލަންޖެހެއެވެ. އިންސާނީ ވަސީލަތްތަކުގެ އިތުރުން ޤައުމީ އަރުޝީފް ހިންގާނެ ރަނގަޅު ޖާގައަކަށް ވަނީ ވަރަށް ބޮޑަށް ބޭނުންވެފައެވެ. މިހާރުވެސް އެތަން ހިންގަމުންދަނީ ވަރަށް ކުޑަ ޖާގައެއްގައި ދެ ދިމާއްގައި ހުރި ދެ ޢިމާރާތެއްގައެވެ.

ސްޓޭޓް މިނިސްޓަރ ވިދާޅުވެފައިވާ ކަންކަން ހާސިލް ކުރުމަށް ގައުމީ އަރުޝީފަށް ވަނީ ގާބިލް ފަންނީ މުވައްޒަފުންނާއި، މަސައްކަތް ކުރެވޭނެ ރަނގަޅު އޮފީސް ޖާގައެއް މިހާރުން މިހާރަށް ބޭނުންވެފައިކަން ފާހަގަކޮށްލަމެވެ.

އާކައިވް އަކީ ގައުމެއްގެ ވަރަށް މުހިއްމު ބަޔަކަށް ވެފައިވާއިރު، އާކައިވް އެންމެ ރަނގަޅު ގޮތުގައި ހިންގިގެން ނޫނީ އެކަމުގެ އެންމެ ރަނގަޅު ފައިދާއެއް ނުކުރާނެކަން ކަމާބެހޭ މާހިރުން ބުނެއެވެ.

Advertisements
އާޔަން އަހުމަދު
އަހުމަދު އަކީ، ލިޔުންތެރިމަށް ޝަޢުގުވެރިކަން ހުންނަ އަދި ލިޔުންތެރިކަމުގައި ކުރިއަށް ދާން މަސައްކަތް ކުރާ ފަރާތެކެވެ.

6 COMMENTS

    • މީހުންގޮވައިގެން އުޅެންއެނގޭ މީހެއް. ބުނަން ބޭނުންވާ ވާހަކަ ބުނަން ކެރޭ މީހެއް

  1. ހަމައަކަށް އަޅުވަންޖެހޭ ތަނެއް ތިއީ. މިހާރު ތިތަނުން ކުރާކަމެއް އެކަކަށްވެސް ނޭނގޭ. ހުންނަ ތަނެއްކަންވެސް ނޭނގޭ

  2. ސްޓޭޓް މިނިސްޓަރެއްނޫން އެމީހާއަށް ދޭން ޖެހޭނީ މިނިސްޓަރުކަން . މިނިސްޓަރަކަށް ބަދަލުކުރަން އިބޫއަށް ގޮވާލަން.

Comments are closed.