ވައި ނުސާފުވުން ހުއްޓުވުމުގެ ޤައުމީ އެކްޝަން ޕްލޭން އެއް އެކުލަވާލައި އިފްތިތާޙް ކޮށްފި

0
ވައި ތަޢައްޔަރުވުން ހުއްޓުވުމަށް ޤައުމީ ފެންވަރެއްގައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ – މިނިސްޓަރ ނަހުލާ

ޖައްވަގު ތެރެއަށް ބޭރުކުރާ ގޭހުގެ ވިހަ މާއްދާތައް ރާއްޖޭގައި ހުރިމިންވަރާއި، މިކަން ކުޑަކުރުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭ ޤައުމީ އެކްޝަން ޕްލޭނެއް އެކުލަވާލައި އެޕްލޭން އިފްތިތާޙްކޮށްފިއެވެ.
“ނޭޝަނަލް އެކްޝަން ޕްލޭން އޮން އެއަރ ޕްލިއުޓެންޓް” އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާއެވެ.

“ނޭޝަނަލް އެކްޝަން ޕްލޭން އޮން އެއަރ ޕޮލިއުޓަންޓް”އަކީ ރާއްޖޭގެ ވައިގެ ތަޣައްޔަރުވެފައި ހުރި މިންވަރާއި، މިހާތަނަށް ވައި ތަޣައްޔަރުވުން ކުޑަކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއި މިކަން ޙައްލުކުރުމަށް ސަރުކާރުން އެޅުއްވުމަށް ނިންމަވާފައިވާ ފިޔަވަޅުތަކާގުޅޭގޮތުން އެކުލަވާލާފައިވާ ދިރާސީ ޕްލޭނެކެވެ. މިޕްލޭނަކީ ރާއްޖޭގެ ޖައްވުގައި ވައި ތަޣައްޔަރުކުރާ މާއްދާތައް ހުރިމިންވަރު އަންދާޒާކޮށް، އެކުލަވާލި މިފަދަ ފުރަތަމަ އެކްޝަން ޕްލޭނެވެ.

ވައި ތަޣައްޔަރުވުމާ ގުޅޭގޮތުން ކޮށްފައިވާ ދިރަސާގައި ވާގޮތުން އެންމެގިނައިން ޖައްވަށް ވިހަ ގޭސް ބޭރުކުރާ ދާއިރާތަކާއި ބޭރުކުރާ މާއްދަތަކާއި މިންވަރު ދެނެގަނެފައިވެއެވެ.

Advertisements

މި އެކްޝަން ޕްލޭން އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓަރ ޑރ.ހުސައިން ރަޝީދު ޙަސަން ވިދާޅުވީ ރާއްޖެއަކީ އެހެން ޤައުމުތަކާ އަޅާބަލާއިރު، ވައި ތަޣައްޔަރުވުމުގެ މައްސަލަ ކުޑަ ޤައުމެއްކަމަށެވެ. ނަމަވެސް ދުއްވާ އުޅަނދު އިތުރުވުމާއި، ކެއްކުމުގެ ސަބަބުން ޖައްވައް ބޭރުވާ ގެނދަބުޅީގެ މާއްދާ ރާއްޖޭގެ ޖައްވުގައި އިތުރުކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މިމާއްދާތަކުގެ މިންވަރު ހުރި ޢަދަދު ޑަބްލިއުއެޗްއޯއިން ކަަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރުކަން މިނިސްޓަރ ފާހަގަކުރެެވިއެވެ. މި ޢަދަދު މިހާރު ހުރި މިންވަރުން %23 ކުޑަކުރުމަކީ ޢަމަޒެއްކަމަށް މިނިސްޓަރވަނީ ވިދާޅުވެފައެވެ. މީގެއިތުރުން މިނިސްޓަރވަނީ ކަރަންޓު އުފެއްދުމަށް އަންދާ ތެލުގެ ސަބަބުން، ތިމާވެއްޓާއި ސިއްޙަތަށް ލިބޭ ގެއްލުމާއި، އަދި ސަރުކާރުން މިކަމަށް ކުރާ ޙޭދައިގެ މައްޗައް އަލިއަޅުއްވާލައްވާފައެވެ.

“ކަރަންޓު އުފައްދާ މިންވަރުގެ %94އަކީ ޑީސަލުން އުފައްދާ ކަރަންޓު. ޖީޑީޕީގެ %10 ފައިސާ ހޭދަކުރަނީ ތެޔޮ ގަތުމަށް. މިއީ އަހަރަކު ބިލިއަނަކަށްވުރެ ގިނަ ރުފިޔާ.” މިނިސްޓަރ ވިދާޅުވިއެވެެ.

ނޭޝަނަލް އެކްޝަން ޕްލޭން އޮން އެއަރ ޕޮލިއުޓަންތް އިފްތިތާޙްކޮށްދެއްވީ މިިނސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާއެވެ. މިނިސްޓަރ ވިދާޅުވީ ވައި ތަޣައްޔަރުވުން ހުއްޓުވުމަށް މިނިސްޓްރީގެ މަސައްކަތްކުގެ ތެރެއިން މުހިންމު މަސައްކަތްތަކެއް ކުރެވޭނެކަމަށެވެ. އެގޮތުން ތިމާވެއްޓާ ރައްޓެހި އުޅަނދުތަކަށް އަހުލުވެރިކުރުވުމާއި ކަނޑު ދަތުރުފަތުރުގެ ނިޒާމުވެސް ވީހާވެސް ތިމާވެއްޓާ ރައްޓެހި ކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“ނޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭން އެކުލަވާލާއިރު، ފެރީގެ ނިޒާމް ބައްޓަން މިކުރަނީ ތިމާވެއްޓާ ރައްޓެހިކޮށް، ޖައްވައް ބޭރުކުރާ ވިހަ މާއްދާތައް ވީހާވެސް މަދުވާނެ ގޮތަކަށް.” މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

މިޕްލޭން ތަންފީޒްކޮށް މޮނިޓަރ ކުރާނީ އެންވަޔަރަމެންޓް މިނިސްޓްރީއާއި، ސްޓޮކްހޯމް އެންވަޔަރަމެންޓް އިންސްޓިޓިއުޓްގެ ޓެކްނިކަލް އެހީއާއި ކްލައިމެޓް އެންޑް ކްލީން އެއަރ ކޮއަލިޝަންގެ މާލީ އެހީއާއި އެކުއެވެ. މިޕްލޭންގެ ދަށުން 2030ވަނަ އަހަރާ ހަމައަށް ހާސިލް ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހިމެނެއެވެ.

Advertisements