ފަތުރުވެރިންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ބީޗް ސަރަހައްދެއް ތަރައްގީ ކުރުމަށް ޓޫރިޒަމް މިނިސްޓްރީއާއި އަރބަންކޯއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އާރބަންކޯއިން ބުނީ މި ސަރަހައްދު ތަރައްޤީ ކުރެވިގެންދާނީ ލައިފްގާޑް ހަޓަކާއި، ފާހަނަ، ޝަވަރު އަދި ކިއޮސްކްގެ އިތުރުންވެސް ގިނަ ޚިދުމަތްތަކެއް ލިބިގެންދާނެ ސަރަހެއްދެއްގެ ގޮތުގައިކަމަށެވެ.
އަދި މިއީ ހުޅުމާލޭގެ ގެސްޓް ހައުސް ވިޔަފާރިތަކަށް ލިބިގެންދާނެ ކުރިއެރުމެއްކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.