ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް، ސެމްބެ ކެމްޕޭނަށް ހައްދުން މައްޗަށް ވަޑައިގެންފިއެވެ.

ސެމްބެ ކުރައްވާ މިދަތުރުފުޅުގައި ޕީޕީއެމްގެ ނައިބް ރައީސް މުހައްމަދު ޣައްސާން މައުމޫން ބައިވެރިވެ ވަޑައި ގަންނަވައެވެ.

ސެމްބެގެ މިދަތުރުގައި ލ. އަތޮޅުގެ ގިނަ ރަށްތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ތާއީދު ހޯދުމަށް ގިނަ މަސައްކަތް ތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސެމްބެގެ މިދަތުރުފުޅުގައި ރޭ ވަނީ ލ. ގަމު ޕީޕީއެމް ޕީޕީއެމް، ޕީއެންސީ ޖަަގަހަ ހުޅުއްވައިދެއްވައި، ގަމުގެ ރައްޔިތުންނާއި މުހާތަބްކޮށް ވާހަކަ ދައްކަވާފައެވެ. ކުރިއަށް އޮތް ސަތާރަ ދުވަހު އެއްވެސް ވަރުބަލި ކަމެއްނެތި ސަރުކާރުން ދައްކާ ނުފޫޒަކަށް ޖެހިލުންވެ ވަޑައި ނުގެތް މިއިންތިހާބު ކާމިޔާބު ކޮށްދެއްވުމަށް ސެމްބެ ވަނީ ދަންނަވާފައެވެ.

ރިޔާސީ ކެމްޕޭންގައި ޑރ. މުއިއްޒު ށ އަދި ނ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ފުރައި ވަޑައިގަންނަވާނެއެވެ. ޑރ.މުއިއްޒު އައްޑޫއަށް ކުރެއްވި ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު މާލެ ވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.