ޕްރައިވެޓް މަތިންދާބޯޓެއް ވެއްޓި ހިނގި ހާދިސާއެއްގައި ރަޝިޔާގެ އަސްކަރިއްޔާއަށް މަސައްކަތް ކޮށްދޭ މަޝްހޫރު ވެގްނާ ގްރޫޕުގެ ލީޑަރު ޔެވްގެނީ ޕްރިގޮޒިން މަރުވެއްޖެ ކަމަށް "ރޮއިޓަރސް" އިން ބުނެފިއެވެ.

ރަޝިޔާގެ ދައުލަތުގެ މީޑިޔާ "ޓާސް" އާ ހަވާލާދީ ރޮއިޓަރސްއިން ބުނީ މީގެ ކުޑައިރުކޮޅެއް ކުރިން ވެއްޓުނު ބޯޓުން ދަތުރު ކުރި ފަސިންޖަރުންގެ ތެރޭގައި ޕްރިގޮޒިން ހިމެނޭ ކަމަށެވެ. އަދި ބޯޓުން ދަތުރު ކުރި 8 މީހުންގެ ތެރެއިން 4 މީހުންގެ ހަށިގަނޑު މިހާރު ފެނިފައިވާ ކަމަށެވެ.

ބޯޓް ވެއްޓިފައި ވަނީ ރަޝިޔާގެ ހުޅަނގުގެ އަވަށަކަށް ކަމަށް ރޮއިޓަރސްއިން ބުނެއެވެ.

ޕްރިގޮޒިން މަޝްހޫރު ވެގެން ދިޔައީ މިދިޔަ ޖުލައި މަހު ރަޝިޔާގެ ސަރުކާރާމެދު ހިތްހަމަ ނުޖެހިގެން، ވެރިރަށް މޮސްކޯ ހިފާނެ ކަމަށްބުނެ އޭނާގެ ސިފައިންނާއެކު މޮސްކޯއަށް ބަރު ހަތިޔާރާއެކު ދަތުރު ފެށުމުންނެވެ. އެކަމަކު ފަހުން އޭނާ ވަނީ ގޮތްދޫކޮށް ރަޝިޔާގެ ބަހަށް ބޯލަނބާފައެވެ.

ތަފްސީލް އަންނަނީ....!