ކ.އަތޮޅުގައި ހިންގާ ވަރު އައިލޭންޑް ރިސޯޓުގައި ހުރި ގުދަނެއްގައި އަލިފާން ރޯވެ އަނދައިފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް މޭޖަރ ޖެނެރަލް އިބްރާހިމް އާޒިމް ވިދާޅުވީ މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް އަށް ލިބިފައިވަނީ މިރޭ 2:48 ހާއިރު ކަމަށެވެ.

ރޯވެފައިވާ އަލިފާނގަޑު އެއްކޮށް ނިންވާލެވުނީ 05:39 އެހާކަންހާއިރުކަމަށާއި އަލިފާންގަނޑު ނިއްވާލުމުގައި ރީތިރަށް ރިށޯޓްގެ އެހީތެރިކަން ލިބިފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އަލިފާން ރޯވެ އަނދާފައި ވަނީ އެ ރިސޯޓުގައި ރާ ރައްކާ ކުރާ ގުދަނުގެ ފުރާޅުގައި ކަމަށާއި މި ހާދިސާގައި އެ ރިސޯޓްގެ ވަޑާންގެ ވަނީ އަނދާ ހުލިވެފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ އަދި އެތަނާ އިންވެގެން ހުރި ސްޓާފް ކުއަޓާޒުގައިވެސް ހުޅު ހިފާ އެތަންވެސް ބޭނުންނުކުރެވޭ ވަރަށް އަނދައިގެން ގޮސްފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ ސަރަހައްދުގައި އިތުރު 3 ގުދަނެއް ހުރިނަމަވެސް އެތަންތަނަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.