މުއިވެޔޮ މަގުގެ ގެއެއްގައި އަލިފާން ރޯވެއްޖެއެވެ. އެސަރަހައްދުން އެކި އެއްޗެހި ގޮވާއަޑު އިވެވުން ދާއިރު، ދުންގަނޑު ދަނީ ހިސާބަށް ފެތުރެމުންނެވެ. އަލިފާން ރޯވި ހިސާބުގައި ފުލުހުންނާއި ފަޔަރ އެންޑް ރެސްކިއު ޓީމުން ދަނީ ހަރަކާތްތެރިވަމުންނެވެ.

ރޯވެފައިވަނީ މާފަންނު ހުދުކަނީރުގޭގައި ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

އެންއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި އަލިފާން ރޯވީ އެ ގޭގައި ހުރި ގުދަނެއްގައި ކަމަށެވެ. މި ގުދަނަކީ ހާޑްވެއަރ ސާމަނު ރައްކާކޮށްފަައި ހުރި ތަނެކެވެ.

ހެނދުނު 7 ޖެހި ފަހުން ހިނގި މި ހާދިސާގައި ގުދަނުގައި ހުރި ބައެއް ތަކެއްޗަށް ވަނީ ގެއްލުން ވެފައެވެ. އެހެން ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

މިހާދިސާގައި ރޯވި އަލިފާން މިހާރު ވަނީ ކޮންޓްރޯލް ކޮށްފައެވެ.