މާދަމާ މަޑަގަސްކަރާގައި ފެށުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ވާދަ ކުރުމަށް 172 އެތުލީޓުންނާއެކު ރާއްޖޭގެ ކޮންޓިންޖެންޓް މިއަދު އެގައުމަށް ހިނގައްޖެއެވެ.

ރާއްޖޭގެ ކޮންޓިންޖެންޓުގެ ހެޑް އޮފް ޑެލިގޭޝަނެއްގެ ގޮތުގައި މަޑަގަސްކަރައަށް ވަޑައިގެން ލީޑް ކުރައްވާނީ އަޙްމަދު ފަސީހެވެ. ޗެފް ޑި މިޝަނަރުގެ ގޮތުގައި ހަރަކާތްތެރި ވާނީ އަބްދުލް ނާފިއު ތައުފީގެވެ.

އައިއޯއައިޖީ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ޤައުމީ ދިދަ އުފުލުމުގެ ޝަރަފު މިފަހަރު ދީފައިވަނީ ޓޭބަލް ޓެނިހުގެ ތަރި އަދި ޤައުމީ ޗެމްޕިއަން ފާތިމަތު ދީމާ އަލީ އަބްދުﷲ ފާއިހް ފަޒީލް (ފާއީ) އަށެވެ.

މިފަހަރުގެ އައިއޯއައިޖީއަށް ރާއްޖެއިން ދިޔައީ 9 ކުޅިވަރެއްގައި ވާދަކޮށް ރަނގަޅު ކާމިޔާބީއެއް ހޯދުމަށް ޓާގެޓް ކޮށްގެންނެވެ. އެކަމަކު ތައްޔާރުވުންތަކަށް ކުރީގެ ބައެއް ތަޖުރިބާކާރުން ގެންދަވަނީ ފާޑު ވިދާޅުވަމުންނެވެ. 2019 ވަނަ އަހަރު ބޭއްވި އައިއޯއައިޖީގައި ރާއްޖެއިން ވަނީ ޖުމްލަ 15 މެޑަލް ހާސިލުކޮށްފައެވެ.