އދ.ހަންޏާމީދޫއިން ބާއްވަމުންދާ ގެންދާ އެންމެ ފޯރިގަދަ ފުޓްސެލް މުބާރާތް "ހަންޏާސް ކަޕް 2023" ގެ ނަން ވީވާ ބީޗް އެންޑް ސްޕާ ހަންޏާސްކަޕް 2023 ގެ ނަމަށް ބަދަލުކޮށްފައެވެ.

މި މުބާރާތަކީ 2020 ވަނަ އަހަރުން ފެށިގެން ހަންޏާމީދޫގައި އެންމެ ފޯރިގަދަކޮށް ކުރިއަށް ގެންދާ އެއް މުބާރާތެވެ. ހަންޏާމީދޫގެ ޓީމުތަކަށް އަމާޒުކޮށްގެން ފެށި މި މުބާރާތުގައި ރަށުން ބޭރު ޓީމުތަކަށް ބައިވެރިވެވޭގޮތް ހުޅުވާލި ފުރަތަމަ ފުރުސަތު ހުޅުވާލާފައިވަނީ އަރިއަތޮޅު ދެކުނު ބުރީ ރަށްތަކަށެވެ. މިފަހަރު މި ފުރުސަތު ހުޅުވާލާފައިވަނީ މުޅި އަރިއަތޮޅަށެވެ.

ވީވާ ބީޗް އެންޑް ސްޕާ ހަންޏާސްކަޕް 2023ގެ މެއިން ސްޕޮންސަރ އަކަށް ވީވާ ބީޗް އެންޑް ސްޕާ ހަމަޖެހިފައިވާއިރު، ވީވާ އަކީ ވޭތުވެދިޔަ ދެ އަހަރުގެވެސް މެއިން ސްޕޮންސާއެވެ. ވީވާ ބީޗް އެންޑް ސްޕާ އަކީ ހަންޏާމީދޫ ގައި ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރަމުން އަންނަ ބަޔެކެވެ.

މި އަހަރުގެ ހަންޏާސް ކަޕް އަށް ކުޅުމަށް މުޅި އަރިއޮޅަށް ފުރުސަތު ހުޅުވާލައިފައިވާއިރު މި މުބާރާތުގައި ހަންޏާމީދޫއަށް ނިސްބަތްވާ ހަތް ޓީމަކާއި މަހިބަދޫ ޓީމަކާއި އޮމަދޫ ޓީމަކާއި އަދި މަތިވެރީ ޓީމެއް ވަނީ ބައިވެރިވެފައެވެ.

އޮކްޓޫބަރު މަހުގައި އޮންނަ މުބާރާތުގައި މިދިޔަ ތިން އަހަރުގެ ޗެމްޕިއަން ޓީމް "ސްލެޔާސް" އާއި މިދިޔަ އަހަރުގެ ރަނަރަޕް ޓީމު އދ.އޮމަދޫ އަށް ނިސްބަތްވާ މިލާންޓީމް ވާދަކުރަން ހަމަޖެހިފައިވެއެވެ.

ޗެރިޓީ އިވެންޓުތަކާއެކު ކުރިޔަށް ގެންދާ މި މުބާރާތުގެ މިދިޔަ އަހަރުގެ ފައިސާ ހަދިޔާ ކޮށްފައިވަނީ "ބްލައިންޑް އެންޑް ވިސުއަލީ އިމްޕާރޑް ސޮސައިޓީ އޮފް މޯލްޑިވްސް"އަށެވެ.