(އެމްޑީއޭ)ގެ ކައުންސިލް މެންބަރު މުހައްމަދު ޝަޒީމް، އެ ޕާޓީ ދޫކޮށް ޕީޕީއެމްއަށް ގުޅިވަޑައިގަތުމަށް ނިންމަވައިފިއެވެ.

ޝަޒީމް، އެމްޑީއޭއިން ވަކިވިކަން އެޕާޓީއަށް އަންގައި ފޮނުވި ސިޓީގައި ބުނެފައިވަނީ އެމްޑީއޭގެ މިވަގުތުގެ މިސްރާބު ހުރީ ރާއްޖެއަށް އެންމެ ރަނގަޅު މިސްރާބަށްކަން ނުދެކޭކަމަށާއި އެހެންކަމުން މިހާލަތުގައި އެމްޑީއޭގެ މެމްބަރުކަމުންނާއި ކައުންސިލް މެމްބަރު ކަމުން އިސްތިއުފާ ދެއްވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ޝަޒީމް އެމްޑީއޭއިން ވަކިވެ ޕީޕީއެމްއަށް ސޮއި ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ޑރ. މުއިއްޒު ހުވަދު އަތޮޅަށް ކުރައްވަ ދަތުރުފުޅުގައެވެ.

އެމްޑީއޭއިން ވަނީ ރިޔާސީ އިންތިހާބުގައި ރައީސް ސާލިހަށް ތާއީދުކޮށް އެމަނިކުފާނުގެ ދެވަނަ ދައުރަކަށް އިންތިހާބު ކުރުމަށް ނިންމަފައެވެ.