ޓުއަރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

އެމަނިކުފާނު އެމްޑީޕީއަށް ސޮއިކުރެއްވީ ރޭ ސޯލްޓް ކެފޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މިނިސްޓަރ މައުސޫމް ވަނީ ޑީއާރުޕީގައި ހުންނެވުމަށްފަހު އޭރު އެމްޑީޕީގައިވެސް ހަރަކާތްތެރިވެވަޑައިގަންނަވާފައެވެ.

އަދި އެމަނިކުފާނު އެންމެ ފަހުން ހުންނެވީ ޖުމްހޫރީ ޕާޓީގައެވެ. މައުސޫމް ޖުމްހޫރީ ޕާޓީ އަށް ސޮއިކުރެއްވީ މޭ 5، 2014 ގައެވެ. މައުސޫމް އެ ޕާޓީން ވަކިވެވަޑައިގަތީ މި މަހުގެ ހަތްވަނަ ދުވަހުގައެވެ.

މިނިސްޓަރ އިތުރުން، ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގަތުމަށް ފަހު، ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރު ވަނީ އެ ޕާޓީއަށްނެއސ އަށް އަލުން ސޮއިކުރައްވައިފައެވެ.