ހދ. ވައިކަރަދޫގައި އިމާރާތް ކުރަމުންދާ ޒަމާނީ އިންޖީނުގެ މަސައްކަތުގެ 35 އިންސައްތަ ނިމިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ފެނަކައިން ވިދާޅުވީ މިއީ ރަށްރަށުގެ މީހުން ދިރިއުޅޭ ސަރަހައްދުގައި ހުރި ދުވަސްވީ އިންޖީނުގެތައް އެކަހެރި ސަރަޙައްދުތަކަށް ބަދަލުކުރުމަށް ހިންގާ މަޝްރޫޢުގެ ދަށުން ޢިމާރާތް ކުރަމުންދާ އިންޖީނުގެއެއް ކަމަށެވެ.

މި އިންޖީނުގެއަކީ ވެސް ޒަމާނީ ވަސީލަތްތަކާއެކު އެކަހެރި ސަރަހައްދުތަކަށް ބަދަލުކުރެވޭ އިންޖީނު ގެއެއް ކަމަށް ވެސް ފެނަކައިން ވިދާޅުވިއެވެ. މި ސިޔާސަތުގެ ސަބަބުން ބައެއް އިންޖީނުގެ ވަނީ އަޅައި ނިމި ހުޅުވާފައެވެ. ފެނަކައިން މަސައްކަތް ކުރައްވަމުން ގެންދަނީ މިއަހަރުގެ ނިޔަލަށް ހުރިހާ އިންޖީނުގެއެއްގެ މަސައްކަތް ނިންމާލަން ކަމަށް އެކުންފުނީން ވިދާޅުވިއެވެ.

އިންޖީނުގެއާއެކު އޮފީސް ޢިމާރާތެއް ވެސް އަޅަމުންދާ ކަމަށް ފެނަކައިން ވަނީ ވިދާޅުވެފައެވެ.