އެމްޑީޕީއަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފަށް އަބަދުވެސް، އެޕާޓީގެ ކުރީ ބަރުން ޖާގަ އޮންނާނެކަމަށް ވިދާޅުވެ އަފީފް އެނބުރި އެމްޑީޕީއާއި ގުޅިވަޑައިގެންނެވުމަށް ރައީސް ސާލިހު ދައުވަތު ދެއްވައިފިއެވެ.
ރިޔާސީ ކެމްޕޭންގައި ވިލުފުށީގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ރައީސް ސާލިހު ވިދާޅުވީ އެރަށަށް ވަޑައިގެންނެވުމުން އަފީފް ނެތްކަން ވަރަށް ބޮޑަށް އިހުސާސް ކުރެވޭ ކަމަށެވެ. އަފީފަކީ އެމްޑީޕީއަށް ނުހަނު ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅަކަށްވާއިރު އެމްޑީޕީއާ ދުރަށްދާންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަފީފަކީ އަބަދުވެސް އެމްޑީޕީގެ ކުރީ ބަރިން ޖާގަ ލިބޭނެ ބޭފުޅެއް ކަމަށެވެ.
ރައީސް ވިދާޅުވީ ކުރިއަށް ދައުރުގައިވެސް ވިލިފުށީ ރައްޔިތުން ބޭނުންވާ ތަރައްގީގެ ކަންކަން ކޮށްދެއްވާނީ މިސަރުކާރުން ކަމަށެވެ.
ރައީސްގެ ވާހަކަ ފުޅު ޤަބޫލު ކުރެއްވުމަކީ ޢަފީފު އަށް އެންމެ ރަނގަޅުގޮތް