ރައްޔިތުން އެންމެ ބޮޑު އިސްކަމެއް ދޭންވާނީ ތައުލީމީ ޤާބިލް ބޭފުޅަކު އިންތިޚާބު ކުރުމަށް ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
މިރޭ ގއ.ވިލިނގިލީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ވެރިކަމީ ދިވެހި ރައްޔިތުންގެ އެންމެހާ މަސްއޫލިއްޔާތާއި ހަވާލު ކޮށް ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމަށް ހަވާލު ކުރެވޭ އަމާނާތެއް ކަމަށާއި މިނިވަންކަމާއި ސިޔާސަތާއި އިސްތިގުލާލު ދެމެހެއްޓުމަކީ ވެރިއެއްގެ ވާޖިބެއް ކަމަށެެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ މިއަދު ދިވެހި ރައްޔިތުންނަށް އޮތް އެންމެ ބޮޑު އެއް ޒިންމާއަކީ ވެރިޔަކު އިންތިހާބު ކުރާއިރު ތައުލީމީ ބޭފުޅަކު އިންތިހާބު ކުރެއްވުންކަމަށެވެ. ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ އިލްމީ ގޮތުންނާއި، ތަޖުރިބާގެ ގޮތުންނާއި ގާބިލްކަމުގެ ގޮތުންވެސް އެއްވެސް ސުވާލެއް އޮތް ކެންޑިޑޭޓެއް ނޫންކަމަށް ޝަހީމް ވިދާޅުވިއެވެ. ގައުމުގެ ހުންގާނާއި ހަވާލުވާ މީހަކީ ތައުލީމެއް ނެތް މީހަކަށްވާނަމަ އެޤައުމެއްގެ މިސްރާބެއް ނޯންނާނެކަމަށް ޝަހީމް ވިދާޅުވިއެވެ.
އަދި 9 ސެޕްޓެމްބަރުގައި ނަގާ ވޯޓަކީ ދިވެހިންގެ މިނިވަންކަމާއި، ދިވެހިންގެ ތަރައްޤީއާއި ގުޅިފައި އޮތް ބޮޑު ވޯޓެއް ކަމަށާއި ރައްޔިތުން ނިންމަވާ ގޮތަކުން ޤައުމުގެ މިސްރާބު ފަހަތަށް ދިއުމަކީ ދުރު ކަމެއް ނޫންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ހުރިހާ ރައްޔިތުން އަތާއި އަތް ގުޅާލައި ޑރ.މުއިއްޒު އިންތިހާބު ކުރެއްވުމަށް ގޮވާލާފައެވެ. އަދި މުއިއްޒަކީ ހުރިހާ ފަންތިއެއްގެ ހުރިހާ ގިންތިއެއްގެ ބޭފުޅުންނާއިއެކުވެސް ކުރިއަށް ދެވޭނެ ގާބިލް ބޭފުޅެއްކަމަށްވެސް ޝަހީމު ވަނީ ވިދާޅުވެފައެެވެ.
ޝަހީމޫ ސިކުނޑި ދޮވެވިފަތަ ތިހުރީ މުޅިންވެސް ތިދަށްކަނީ މޮޔައިންގެ ފަލްސަފާ!