އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ބައިވެރިވެ ވަޑައި ނުގެންނެވޭތީ، ރާއްޖޭގެ ގައުމީ ޔުނިވަރސިޓީ އާއި ޕީއެސްއެމްއިން އިންތިޒާމު ކޮށްގެން ބޭއްވުމަށް މަސައްކަތް ކުރި ރިޔާސީ ބަހުސް ކެންސަލް ކޮށްފިއެވެ.
ރިޔާސީ ބަހުސް ބޭއްވުމަށްޓަކައި އިންތިހާބުގައި ކުރިމަތިލައްވާ އަށް ކެންޑިޑޭޓުންނަށް ފޮނުވި ދައުވަތު ގަބޫލުކޮށް ޕީއެސްއެމްއަށް އެންގުމުން ދައުލަތުގެ މީޑިއާއިން ވަނީ ބަހުސަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ވެފައެވެ. އެހެންނަމަވެސް މިއަދު ކުއްލިއަކަށް ރައީސް ސާލިހުގެ ތަރުޖަމާން ވިދާޅުވީ އެމްޑީޕީގެ ޖަލްސާއެއް ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހު ބާއްވާތީ ބަހުސް ފަސްކުރެއްވުމަށް އެމްޑީޕީއިން އެދޭކަމަށެވެ.
އެމްޑީޕީއިން ބަހުސް ފަސްކޮށްދިނުމަށް އެދުމުން ދައުލަތުގެ މީޑިއާއިން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ހުރިހާ ކެންޑިޑޭޓުން ބައިވެރިނުވާނަމަ ބަހުސް ކުރިއަށް ގެންދިއުމަކީ ރަނގަޅުކޮށް ކަމަށް ނުދެކޭ ކަމަށެވެ. އަދި ބަހުސްގެ ތާރީހު ބަދަލު ކުރުމުން ކެމްޕޭންތަކަށް ހުރަސް އެޅޭނެތީވެ، އޭގެ އެންމެ ރަނގަޅު ގޮތަކީ ރިޔާސީ ބަހުސް ނުބޭއްވުން ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.
ހަމަމިއާއެކު ދައުލަތުގެ މީޑިއާއިން ބުނީ ސަންގު ޓީވީން ކުރިއަށް ގެންދާ ބަހުސްގައި ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވެގެން ބަހުސް ކުރިއަށް ގެންދިއުމުގެ އެއްބާރުލުން ދޭނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ބަހުސަކީ މިހާތަނަށް ކޮންމެ އިންތިހާބެއްގައިވެސް ޕީއެސްއެމްއިން ގެނެސްދޭ މި ބަހުސް މިފަހަރު ބޭއްވުމަށް ނިންމީ އަންނަ މަހުގެ ފުރަތަމަ ދުވަހުއެވެ. ބަހުސްގައި ބައިވެރިވުމުގެ ދައުވަތު ކެންޑިޑޭޓުން ވަނީ ގަބޫލު ކުރައްވައި ބަހުސްގައި ބައިވެރިވެ ވަޑައިގަންނަވާނެކަން އަންގަވާފައެވެ. އަދި އެތައް ބަޔަކު ދިޔައީ ބަހުސަށް އިންތިޒާރުވެސް ކުރަމުންނެވެ.
މިއީ ރާއްޖޭގެ ގާނޫނޫ އަސާސީއަށް ބަދަލު ގެނެސް މަލްޓި ޕާޓީ ސިސްޓަމް ތައާރަފުކުރި ފަހުން މިހާ ގިނަ ކެންޑިޑޭޓުންތަކެއް (8 ކެންޑިޑޭޓުން) ރައީސްކަމަށް ވާދަކުރާ ފުރަތަމަ ފަހަރެވެ. ފެހި ގާނޫނު އަސާސީގެ ދަށުން 2008 ވަނަ އަހަރު ބޭއްވި ފުރަތަމަ ރިޔާސީ އިންތިހާބުގައި ވާދަކުރީ 6 ކެންޑިޑޭޓުންނެވެ.
ދެން ކީއްވެތޯ 2018 ގަވެސް ތި އިބުރާހިމަރައީސް ބައިވެރި ނުވިއަސް ރޔާމީން އެކަންޏަށް ބަހުސް ބޭއްވީ؟ ދެކޮޅު ނުޖެހޭ vaahaka nudawqkabala!!