ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޒުހައިރު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޒުހައިރު މަގާމުން އިސްތިއުފާދެއްވީ އިއްޔެ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އިސްތިއުފާ ދެއްވި ވަކި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ޒުހައިރަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އުފެއްދެވި އެމްއާރްއެމްގެ ސްލޮޓެއްގައި ސްޓޭޓް މިނިސްޓަރު ކަމުގައި ހުންނެވި ބޭފުޅެކެވެ.

އެމަނިކުފާނު މަގާމުން އިސްތިއުފާދެއްވިއިރު، ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ހެލްތުގެ ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި ޑރ.ޝާހް މާހިރު ވެސް ދާދިފަހުން ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ