މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާރވިސް(މެޓް)އިން، ރާއްޖޭގެ އެންމެ ދެކުނަށް ރީނދޫ ސަމާލު ނެރެފިއެވެ.

މެޓުން މި ސަމާލު ނެރެފައިވަނީ ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށެވެ.

މީގެއިތުރުން، މެޓު އޮފީހުން ވިދާޅުވީ އެ ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މި ސަމާލުގެ މުއްދަތު ހަމަވާނީ މެންދުރު 14:15 އަށެވެ.

މި ދުވަސް ވަރަކީ ރާއްޖެއަށް މޫސުން ގޯވެސް ވިއްސާރަވާ ދުވަސްވަރެކެވެ. އެހެންކަމުން ވިއްސާރަ ދުވަސްވަރު ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން ގެންދަނީ އިލްތިމާސް ކުރަމުންނެވެ.

އިތުރު ލިޔުންތައް މެޓް އޮފީސް