ދިރާގުގެ އަގުބޮޑު ޚިދުމަތްތަކާއެކު ރައްޔިތުންގެ ހިތްހަމަ ނުޖެހުން.

7

ދިރާގުގެ ޚިދުމަތް އަގުބޮޑުވެ ރައްޔިތުން އަތްނުފޯރާ ހިސާބަށް ދިޔުމުން އެކަމާ ރައްޔިތުންވަނީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައެވެ. މިކަން މިހެން ދިމާވެފައި މިވަނީ މިހާރުގެ ސަރުކާރުން އިންޓަރނެޓުގެ އަގުހެޔޮކުރާނޭ ކަމަށާއި، އެކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރަމުންގެންދާކަމަށް މީޑިޔާ މެދުވެރިކޮށް އެކަމާ ބެހޭ ވުޒާރާތަކުން މަޢުލޫމާތު ހިއްސާކޮށްފައި ވަނިކޮށް ކުއްލިއަކަށް ދިރާގުން އިންޓަރނެޓްގެ ޚިދުމަތް އަގުބޮޑުކުރުމުންނެވެ. ޚިދުމަތުގެ އަގުކުޑަކުރުމަށް ސަރުކާރުން ވާހަކަ ދައްކަމުން ދަނިކޮށް މިފަދަ ގޮތަކަށް މިކަންތައް މެދުވެރިވެފައިވާތީ، ދިރާގުގެ ޚިދުމަތާމެދު ރައްޔިތުން ދަނީ އެކި ގޮތްގޮތަށް މިވާހަކަ ދައްކަމުންނެވެ.

ނަމަވެސް މިވާހަކަ މީޑިޔާއަށް ތިލަކޮށް އެއްވެސް ނޫހެއްގައި މިހާތަނަށް މިވާހަކަ ލިޔެފައި ނުވެއެވެ. ނަމަވެސް ދާދިފަހުން ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ބައެއް މެމްބަރުން މިވާހަކަ ވަނީ ދައްކާފައެވެ. މެމްބަރ ޢަބްދުލް ޤަފޫރު ފާހަގަ ކުރެއްވި ގޮތުގައި އެއްވެސް މީޑިޔާއަކުން މިވާހަކަ ނުދައްކަނީ، އެފަރާތްތަކަށް ދިރާގުން ދީފައިވާ އިސްތިހާރު ނުދީފާނެކަމަށް ހިކޮށް ކަމަށެވެ.

Advertisements

ކޮންމެ ގޮތެއް ވީކަމުގައި ވިޔަސް ހަގީގަތަކީ ރައްޔިތުން އަތުން ދިރާގުން ބޮޑު އަގުނަގާ މައްސަލައެވެ. އިންޓަރ ނެޓް އަގު ބޮޑުކުރުމުން މިހާރު އެވާހަކަ މައްސަލައެއް ކަމަށް ހަދައިގެން ވާހަކަ ދެއްކި ކަމުގައި ވިޔަސް މީގެ ކުރިންވެސް މިކަން އޮންނަނީ މިހެންނެވެ. އެކި ނަންނަމުގައި އެކި ޕެކޭޖް ހަދައިގެންވެސް ކުރަނީ މިކަމެވެ. އަބަދުވެސް ރައްޔިތު މީހާ ޖެހެނީ ބިލް ބޮޑުވެގެން އެވާހަކ ދައްކާށެވެ. ދުނިޔެގެ އެހެން ގައުމުތަކުގައި އިންޓަރނެޓް ޚިދުމަތަކީ ނުވަތަ މުވާސަލާތީ ޚިދުމަތަކީ ރައްޔިތުން އަތްފޯރާ ފަށުގައި ވާ އެއްޗެއް ކަމުގައި ވިޔަސް ދިވެހި ރާއްޖޭގައި އެކަން އޮންނަނީ އެއާ އިނދިކޮޅަށެވެ. އެހެން އެކަންވަނީ ޚިދުމަތް ދިނުމުގައި މިހާރު އޮންނަނީ އެންމެ ދެ ކުންފުންޏަށްވެފައި ވާދަ ވެރި މާހައުލެއް ނެތުމެވެ. އަދި މިފަދަ ކަންކަމާބެހޭ އެކަށޭނަ ޤާނޫނެއް ނެތުމެވެ.

ދިރާގުން ދެމުންގެންދާ ޚިދުމަތުގެ އަގުބޮޑުވާހަކައަކީ ފެށުނީއްސުރެން ދައްކަމުން ގެންދާ ވާހަކައެކެވެ. އިންޓަރނެޓުގެ އިތުރުން ފޯން ބިލްވެސް މިފަދަ އެކި މައްސަލަތައް ވަނީ ދިމާވެފައެވެ. މިކަން ކަމުގެ ހައްލު ނުލިބިގެން ދިރާގުގެ ޚިދުމަތް ދޫކޮށް އުރީދޫއަށް ވަރަށް ގިނަ މީހުން ވަނީ ބަދަލުވެފައެވެ. އަދި އެކަމުގެ ވާހަކަ ދައްކާ ޝަކުވާ ކުރިކަމުގައި ވިޔަސް އެކަމަށް އެކަށޭނަ ހައްލެއް ލިބިފައި ނުވާކަން ވަރަށް ބޮޑަށް ފާހަގަ ކޮށްލަންޖެހެއެވެ.

ދިވެހިން ރައްޔިތުންގެ ހިއްސާ އޮންނަ ދިވެހިންގެ ނަމުން ނަންދެވިފައިވާ ދިވެހިންނަށް ޚިދުމަތް ދިނުމުގެ މަޤުސަދުގައި އުފައްދާފައިވާ ދިވެހި ކުންފުނިން މިކުރާ ކަންތަކާމެދު ސަރުކާރުން ވަރަށް ބޮޑަށް ވިސްނާ މިކަމަށް ހައްލެއް ހޯއްދަވައި ދެއްވުމަކީ ދިވެހިރައްޔިތުން މިހާރު ބޭނުނެވެފައިވާ އެއް ކަންތައްކަން ޔަގީނެވެ. ރައްޔިތުން ބޭނުންވަނީ އަތްފޯރާ ފަށުގައި މުވާސަލާތީ ޚިދުމަތް ފަސޭހަކަމާއެކު ލިބިލިބި ހުރުމެވެ.

Advertisements
އަހްމަދު
އަހުމަދު އަކީ، ލިޔުންތެރިމަށް ޝަޢުގުވެރިކަން ހުންނަ އަދި ލިޔުންތެރިކަމުގައި ކުރިއަށް ދާން މަސައްކަތް ކުރާ ފަރާތެކެވެ.

7 COMMENTS

  1. ދިރާގަކީ ރައްޔިތުންގެ ލޭބޯ މަދިރިއެއް. މި މީހުން މިކަން މި ގޮތަށް ކުރާތާ ވަރަށް ޒަމާންވެއްޖެ. އެކަމަކު އެއްވެސް ބަޔަކު ވާހަކަ އެއް ނުދައްކާ. މީޑިއާ އޮތީ ނިދާފައި. އެއީ ދިރާގުގެ ސްޕޮންސަރ ދޭތީ އެމީހުންގެ ވާހަކަ ނުދައްކަން ވެގެން.

    • ޢަބްދުﷲ އަށް އަދި ކިރިޔާދޯ ތިކަމެއް އިހުސާސްވީ.

  2. ތި ކުންފުނީގެ އުނދަގޫ ބޮޑުވެ ރުޅި ގަދަވެގެން އަޅުގަނޑު މިހާރު، ދިރާގުގެ ޚިދުމަތެއް ނުހޯދަން. އަޅުގަނޑު ބޭނުން ކުރަނީ އޫރިދޫ އެމީހުންވެސް އެހާރަނގަޅެއް ނޫން. އެކަމަކު ދިރާގަށްވުރެ ރަނގަޅު ކަމަށް ގަބޫލުކުރެވޭ

  3. ތިވާހަކަ ގިނަ ގިނަ އިން ދެއްކިޔަސް ކުރާނެ ކަމެއް ނެތް ވާނެ އެއްވެސް ފައިދާއެއް ނެތް. އެމީހުން ބޭނުން ގޮތަކަށް ކަންތައް ކުރާނީ، ރައްޔިތުން އޮޅުވާލައިގެން ލާރިކޮޅު ހޯދުން އެއީ އެމީހުންގެ ޒިންމާ އަކީ.

  4. ލިޔުން ކިޔާލީމާ އަހަންނަށް އެނގުނީ އެއްމެ އެއްޗެއް. ހަލި ނިއުސްއަށް އިސްތިހާރު ނުދީގެން ރުޅިއައިސްގެން ލިޔެފައި އިން އެއްޗަކާ ވައްތަރީ. ކެރޭކަމަށް ވާނަމަ މި ކޮމެންޓް ޖަހާބަލަ.

  5. އަޅެ ދޯ. އަހުރެންގެ ބިލްވެސް ހާދަ ބޮޑޭ. އެކަމަކު މީހުން ގޮވަނީ ކަރަންޓް ބިލްގެ ވާހަކަ. އަހުރެންގެ ގޭގައި ފެންބިލްވެސް އެހާބޮޑު. އެވާހަކަ ނުދައްކާ، އިންޓާރ ނެޓް ފޯން ބިލް އެހާބޮޑު އެވާހަކަ ނުދައްކާ، ހަމަ އެކަނި ކަރަންޓް ބިލްގެ ވާހަކަ ދައްކަނީ ކީއްވެގެން . މިވަނީ ކިހިނެއް

  6. ގައުމެއްނެތް . މިކަމުގައި ހައްލު ލިބޭނީ އެންމެން ދިރާގު ބޮއިކަޓް ކޮށްގެން

Comments are closed.