ޕްރިޔަންކާ ޗޯޕްރާގެ "ސާތުހޫންމާފް" ފިލްމުގެ ވާހަކަ ލިޔުންތެރިޔާ، ރުސްކިން ބޮންޑްގެ ހަޔާތުގެ މައްޗަށް ފިލްމް އެއް އުފައްދަން ނިންމައިފިއެވެ.

އިންޑިއާގެ އެންމެ މަޝްހޫރު އެއް ވާހަކަ ލިޔުންތެރިޔާ، ރުސްކިން ބޮންޑްގެ ބައޯޕިކް ޑައިރެކްޓް ކުރަނީ އަލަށް ޑައިރެކްޝަނަށް ނުކުންނަ ސްކްރީން ރައިޓަރ އަދި ޅެންވެރިޔާ ނިރަންޖަން އަޔަންގަރެވެ. ނިރަންޖަން ވަނީ ވަރަށް ގިނަ ފިލްމުތަކުގެ ޑައިލޮލްގްތައް ލިޔެފައެވެ.

އޭނާ ފިލްމް ޑައިރެކްޝަނަށް ނުކުންނަން ނިންމުމާއެކުގައި ބޮލީވުޑްގެ ވަރަށް ގިނަ ބަޔަކު އަންނަނީ ނިރަންޖަނަށް މަރުހަބާ ކިޔައި، އާ ދަތުރަށް ކާމިޔާބީ އަށް އެދެމުންނެވެ.

އޭގެ ތެރޭގައި ނުފޫޒު ގަދަ ޑައިރެކްޓަރު ޑައިރެކްޓަރު ކަރަން ޖޯހަރްވެސް ހިމެނެއެވެ. ގިނަ ފަރާތްތަކުން ވަނީ ނިރަންޖަންގެ މި ފެށުމަކީ ވަރަށް ރަނގަޅު ފެށުމެއް ކަމަށް ބުނެފައެވެ. ހާއްސަކޮށް ރުސްކިން ފަދަ ލިޔުންތެރިއެއްގެ ބައޯޕިކެއް އޭނާގެ ފުރަތަމަ ޑައިރެކްޝަނަށް ހެދުމަކީ ބޮޑު ކާމިޔާބެއްގެ ފެށުންކަމަށްވެސް ގިނަބަޔަކު ވަނީ ބުނެފައެވެ.

ރުސްކިން ގެ ވާހަކަތަކަށް އުފެއްދި ފިލްމުތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ ފިލްމަކީ ވަރަށް ތަފާތު ވާހަކައެއްކަމަށް ގިނަ ބަޔަކު ގަބޫލު ކުރި، ވާހަކަ "ސުޒޭނާސް ސެވަން ހަޒްބަންޑްސް"(Susanna's Seven Husbands)އަށް ޕްރިޔަންކާ ޗޯޕްޅާ ކުޅުނު 2011 ގެ "ސާތު ހޫން މާފު" އެވެ.

މިފިލްމަށް، ފިލްމު ނެރުމާއެކުހެން، 33 ކްރޯޑް ރުޕީސް (4.1 މިލިއަން އެމެރިކާ ޑޮލަރު) ލިބުނެވެ. އަދިވެސް "ނެޓްފްލިކްސް"ގައި ހިމެނޭ ފިލްމުތަކުން މިއީ މީހުން ބަލާ ފިލްމެކެވެ. ފިލްމަކީ ބޮލީވުޑްގައި، ފިލްމުގައި ހުރި ބައެއް ކަންތައްތަކުގެ ސަބަބުން، މާ ކާމިޔާބު ފިލްމަކަށް ނުވިޔަސް މިއީ ގިނަބައެއްގެ މެެދުގައި ވާހަކަ ރީތިކަމަށް މަޝްހޫރުވި ފިލްމެކެވެ.

އަދި ޝަޝީ ކަޕޫރްގެ 1978 ގެ "ޖުނޫން" އަކީވެސް ރުސްކިންގެ މޮޅުވާހަކައެއްކަމަށްވާތީ ކާމިޔާބުވި ފިލްމެއްކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ. 89 އަހަރުގެ ރުސްކިން ގެ ބައޯޕިކްގައި އޭނަގެ ރޯލު ކުޅޭނީ ވަަނީ އެކްޓަރު ވިކްރާންތު މަސީ ކަމަށް ހަބަރުތައް ބުނެއެވެ.

ރުސްކިންއާ ކުރި އިންޓަވިއުއެއްގައި އޭނާ އެއުމުރުގައިވެސް އެހާ ފިޓްކޮށް ހުރުމުގެ ސިއްރަކީ ކޮބައިތޯ ކުރި ސުވާލުގެ ޖަވާބުގައި ވަރަށް ބޮޑަށް ހެވިފައި ބުނީ އޭނާ ފިޓްކަމަކަށް ގަބޫލު ނުކުރާކަމަށެވެ.

"އަހަރެން ފިޓެއްނޫން، އެކަމަކު ފެޓް(ފަލަ). ވަރަށް އަވަހަށް އަހަންނަށް ނުވަދިހަ އަހަރު ފުރޭނެ، އަހަންނަކީ މީރު ކޮންމެ އެއްޗެއް، ލިބޭ ކޮންމެ އެއްޗެއް ކާ މީހުން، ކެއުމަށް ވަރަށް ލޯބިވެސް ކުރާ މީހެއް، އަހަންނަކީ ލިޔުން ފިޔަވައި، އެހެން އެއްވެސް ކަމަކަށް ޝައުގު ހުންނަ މީހެއް ނޫން، އަހަރެންގެ ކަމަކީ ހަމައެކަނި ލިޔުން، ބޭރަށް ނުކުމެ އުޅޭހިތްވާ މީހަކަށްނުވާތީ، އަހަރެން ލިޔުމުގެ މަސައްކަތްވެސް ކުރަނީ ގޭގައި އިނދެ،" ދާދި އިހަށް ދުވަހު ދިން އިންޓަވިއުއެއްގައި، ރުސްކިން ކިޔައިދީފައިވެއެވެ.

ރުސްކިން ބުނި ގޮތުގައި އޭނާގެ ފުރާވަރުގައި ލިޔުނު އޭނާގެ އެންމެ ފުރަތަމަ ވާހަކަ 1954 ގައި ލިޔެ ޕަބްލިޝް ކުރުމަށްޓަކައި ޕްރިންޓް ކުރަން ފޮނުވަން ޖެހުނީ ގައުމުން ބޭރަށެވެ. އެޒަމާނަކީ ޓީވީތަކާއި އިންޓަނެޓާއި މިފަދަ އެއްވެސް މުވާސަލާތެއް ނެތް ހަމައެކަނި ނޫސްމަޖައްލާތަކުގެ ޒަމާނެވެ.

ކަޅާއިހުދުގެ އެޒަމާނުގައި ލިޔުންތެރިއަކު މަޝްހޫރުވާނީ އޭނާގެ ނަމުންކަމަށް ހާމަކުރަމުން ރުސްކިން ބުނީ އެއީ އެކަން އޮންނަންޖެހޭ ގޮތްކަމަށެވެ. ސަބަބަކީ ލިޔުންތެރިންނަކީ ފޮޓޯއާއި ވީޑިޔޯފަދަ ކުލަތަކާއި ނުލައިވެސް "ހާއްސަކަމެއް"ކަމަށެވެ.

ކަޅާއިހުދުގެ ލިޔުންތަކުގައި އެކިޔާ މީހަކަށް ފެންނަން ޖެހޭ ހުރިހާ ކުލަ މަންޒަރެއް ސިފަވާނެކަމަށާއި ކިޔަމުންދާވަރަކަށް ހަގީގީ އިހުސާސްތައް ކުރެވެމުންދާނެ ކަމަށެވެ. ހަގީގީ ލިޔުންތެރިއެއްނަމަ އޭނާގެ ލިޔުންތަކުން މިބުނި ދެކަން(މަންޒަރުސިފަވުމާއި އަސަރުތައް އިހުސާސްވުން) ހުންނާނެކަމަށެވެ.

ރުސްކިންގެ "ދަ ބްލޫ އަމްބްރެއްލާ" އަކީ ކުޑަކުދިންގެ މެދުގައި ވަރަށްވެސް ބޮޑަށް މަޝްހޫރުވެގެން ދިޔަ ވާހަކައެކެވެ. ވާހަކައިގެ މަގުބޫލުކަން ބޮޑުވެގެން ދިޔަވަރަކީ ވާހަކައަށް ފިލްމެއްވެސް ކުޅުވާފައިވުމެވެ. ރުސްކިން އަކީ ހުރިހާ އުމުރެއްގެ އެކިތަފާތު މައުޟޫތަކަށް އެތައް ބައިވަރު ވާހަކަތަކެއް ލިޔެފައިވާ ފަރާތެކެވެ.