އެމެރިކާގެ ތާރީޚްގައި ދެ ފަހަރަށް ޢަޒުލުކުރި ފުރަތަމަ ރައީސަކަށް ޑޮނަލްޑް ޓްރަމްޕް ވެގެން ހިނގައްޖެއެވެ. އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން އޭނާއަށް ތުހުމަތުކޮށްފައި ވަނީ މިދިޔަ ހަފްތާގައި ކޮންގްރެސްގެ މެންބަރުންނާއެކު އެތަން ހަވަރަށް ދެއްވި ކަމަށެވެ. ހައުސްއިން މިފަދައިން ނިންމި ނަމަވެސް ޓްރަމްޕް މަގާމުގައި ދެމިހުންނަވައި ދައުރު ނިންމަވާނެ އެވެ. ކޮންގްރެސްގެ ދަށުގެއިން އޭނާ ޢަޒުލު ކުރުމަށް ނިންމި ކަމުގައިވީނަމަވެސް މަތިގެ ސެނެޓުން މިނިންމުން ތަސްދީގް ކުރަން ޖެހެއެވެ.

ޓްރަމްޕް އިމްޕީޗް ކުރުމަށް ނެގި ވޯޓްގައި އާނ ބުނެފައި ވަނީ 232 މެންބަރުން ނެވެ. ދެކޮޅަށް ވޯޓް ލާފައިވަނީ 197 މެންބަރުންނެވެ. މީގައި ޓްރަމްޕްގެ ޕާޓީގެ 10 މެންބަރުން ހިމެނެއެވެ.

ސެނެޓްގެ މެޖޯރިޓީ ލީޑަރު މިޗްއަކީ ޓްރަމްޕްގެ ސަޕޯޓަރެކެވެ. އެހެންވެ މި މައްސަލާގެ ބަހުސަށް މި ފައްތަރުގައި ހުޅުވާލުމުގެ ނިޔަތެއް އޭނާގެ ކިބައިގައި ނެތެވެ. އަދި އޭނާ ވިދާޅުވެފައި ވަނީ އައު ރައީސް މަގާމާ ޙަވާލުވެ ވަޑައިގަތުމަށް ފަހު ނޫނީ މި މައްސަލަ ސެނެޓްގައި ބަހުސަށް ހުޅުވައި ނުލައްވާނެ ކަމަށެވެ.

މާޗްކޮށްފައި .... ޓްރަމްޕް އަޒުކުރުމަށް

ގާނޫނުތައް އޮޅާލައި ޖަހައި، އެމެރިކާގެ ޑިމޮކްރެސީ ލޫދައި، ހައްދުފަހަނައަޅައިވާ ހަރުކަށި ދޮން މީހުންނަށް އެމެރިކާގެ ސިޔާސީ މައިދާނުގައި ބޮޑު ނުފޫޒެއް އުފައްދައި ދެއްވި ޓްރަމްޕްގެ ސިޔާސީ ހަޔާތަށް ހިޔަނިއެޅި ރިއާސީ ދައުރު ނިމިގެން ދަނީ ހުތުރު ގޮތަކަށެވެ.

ނަމަވެސް އޭނާ ދިގު މުއްދަތަކަށް އެމެރިކާގެ ސިޔާސީ މަސްރަހުގައި ދެމިހުންނާނެ ކަމަށް މުހައްލިލުން ލަފާ ކުރެއެވެ. ބޮލު ރޮދި ކެނޑިފައިވާ ކަމަށް ހައުސް ގެ ސްޕީކަރ ނެންސީ ޕެލޯސީއާއި މީޑިއާ ސިފަކުރާ ޓްރަމްޕް އިތުރަށް މޮޔަ އަމަލެއް ނުހިންގަވަނީނަމަ، އޭނާ ވެގެން ދާނީ ރިޕަބްލިކަން ޕާޓީގައި ނުފޫޒު ގަދަ އަދި ސިޔާސީ ކެމްޕޭނަށް ފައިސާ ހޯދުމުގައި ވަރަށް ނުފޫޒު ގަދަ މީހަކަށެވެ.

ސައޫދީ އާއި ޔޫއޭއީ ފަދަ ތަންތަނުން އޭނާއަށް ފަންޑު ކުރުމަކީ ދުރުކަމެއް ނޫންކަމަށްވެސް ލަފާ ކުރެވެއެވެ. އިޒްރޭލާ މިމީހުން ތަތްކޮށް ދިނުމުގައި އޭނާގެ ދައުރު ބޮޑެވެ.

ބޮޑާ ކަމާއެކު ޓްރަމްޕް ވަނީ އޭނާގެ ސަޕޯޓަރުން ކޮންގްރެސްއަށް އަރައިގަނެ ހިންގި ޓެރަރިސްޓް އަމަލުތައް ކުށްވެރި ކުރެއްވުމަށް ދެކޮޅު ހައްދަވާފައެވެ. ނަމަވެސް އަޒުލު ކުރުމުގެ މަސައްކަތާއެކު އޭނާ ވަނީ ވީޑިއޯއެއްގައި އެކަން ކުށްވެރިކުރައްވާފައެވެ. ސީއެންއެންއިން ޓްރަމްޕާ ސުއާލުކޮށްފައި ވަނީ މިވާހަކަ މީގެ ކުރިން ނުބުނެވުނީ ކީއްވެގެން ހެއްޔެވެ؟

ލަފާ ކުރެވޭ ގޮތުގައި ހައުސްއިން ޓްރަމްޕް ޢަޒުލު ކުރުމުގެ ސަބަބުން ޓްރަމްޕްގެ ޝަރީއަތް ކުރުމަށް އިތުރު ދޮރުތައް ހުޅުވިގެން ދާނެއެވެ.

ބޮޑެތި ޓެކްނޮލޮޖީ ކޮމްޕެނީތަކާއި ބޮޑެތި ވިޔަފާރި ތަކުން ވަނީ ޓެރަރިސްޓް އަމަލުތަކާ ގުޅިގެން ޓްރަމްޕާ ދުރަށް ޖެހިފައެވެ.

މިޚަބަރު ލިޔަމުން ދިޔަ އިރު ސްނެޕް ޗެޓުންވެސް ވަނީ ޓްރަމްޕް ބޭންކުރި ކަމަށް އިޢްލާން ކޮށްފައެވެ.

ޓްރަމްޕްގެ ޔޫޓިއުބް ޗެނަލްވެސް ވަނީ ބަންދު ކޮށްފައެވެ.

ނިއުޔޯރކްގައި ޓްރަމްޕްގެ ކުންފުނިތަކަށް ދީފައިވާ ވިޔަފާރި ކޮންޓްރެކްޓްތައް އުވާލުމަށްވެސް ވަނީ ނިންމާފައެވެ.

އެފްބީއައިއާއި އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީން ބުނާ ގޮތުން ދޮން ޓެރަރިސްޓުންގެ ފަރާތުން ހަތިޔާރު އެޅި ހަމަލާތައް އަމާޒު ވުމަކީ އެކަށީގެންވާ ކަމެކެވެ.

ވޮޝިންޓަން ޑީސީއަށްވެސް ގިނަ އަދަދަށް ސިފައިން ވަނީ ވައްދާފައެވެ.

އެމެރިކާގެ ސިފައިންގެ އެންމެ އިސްވެރިން ވަނީ ސިފައިން ހަރުކަށި އަމަލުތަކާ ދުރުހެލވުމަށް ގޮވާލައި ކޮންގްރެސްގެ އިމާރާތަށް ދިން ހަމަލާ ކުށްވެރިކުރައްވާފައެވެ.