މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން ގިނަ އަދަދެއްގެ ދިވެހި ރައްޔިތުންގެ ތާއީދު އޮތީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ކަމަށް ހާމަކޮށްފިއެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުއިއްޒުގެ ރަނިން މޭޓް އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކޮށް ރިޔާސީ އިންތިހާބުގައި ޑރ.މުއިއްޒުއަށް ވޯޓު ދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ގިނަ ރައްޔިތުން ވަނީ ޝުއޫރުތައް ވަނީ ސެމްބެއާއި ހިއްސާ ކޮށްފައެވެ.

ހަމައެއާއެކުމި ބައްދަލުމުގައި 50 އަށްވުރެ ގިނަ ޒުވާނުން ވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއަށް ސޮއިކޮށް ޑރ.މުއިއްޒަށް ތާއީދު ކުރާކަން ހާމަކޮށްފައެވެ.