އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ކަރުދާހުގައި ފާހަގަ ޖެހޭނީ ކަޅު ނުވަތަ ނޫކުލައިގެ ދެލި ހިނގާ ގަލަަމަކުން އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުގެ ނައިބް ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ވޯޓު ކަރުދާހުގައި ޖަހާ ފާހަގަ އަކީ އެންމެ ފާހަަގައެއް ކަމަށް ވާނެޖެހޭނެ ކަމަށާއި އިތުރު ފާހަގަތައް ޖަހާފައި ހުންނަ ވޯޓު ކަރުދާހަކީ ބާތިލް ވޯޓެއް ކަމުގައި ގުނާނެ ކަމަށެވެ.
މީގެއިތުރުން ހަބީބު ވިދާޅުވީ އިންތިހާބުގައި ވޯޓު ލެވޭނީ ކަޅު ނުވަތަ ނޫ ކުލައިގެ ދެލި ހިނގާ ގަލަމަކުން އެކަނި ކަމަށާއި އަމިއްލަ ގަލަމެއް މީހަކު ގެނެސްފިނަމަ އެއީ ކޮންކުލައަކުން ލިޔެވޭ ގަލަމެއްތޯ އޮފިޝަލުން ޗެކް ކުރާނެ ކަމަށެވެ.
އެންމެ ރަނގަޅު ގޮތަކީ ވޯޓިން ބޫތުގައި ބާއްވާފައި އޮންނަ ގަލަން ބޭނުންކުރުން ކަމަށްވެސް ހަބީބް ވިދާޅުވިއެވެ.