ޑިޒައިން އެންޑް ބިލްޑް އުސޫލުން އއ.ރަސްދޫގައި 50 ހައުސިންގ ޔުނިޓު އިމާރާތްކުރުމަށް އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެެޑާ މިއަދު ހަވާލުކޮށްފި އެވެ.

އެގޮތުން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހައުސިންގ މިނިސްޓްރީން ވަނީ އެ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

އެސްޖޭއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 270 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ޕީއެސްއައިޕީ ބަޖެޓުން ހަރަދުކުރާ މި މަޝްރޫއުއަކީ 84،218،400.00 ރުފިޔާގެ މަޝްރޫއުއެކެވެ.